ads
އެންޓަނާ ވެއްޓެނީ
ބާރުގަދަ ތޫފާނު މޯކާ މިޔަންމާއަށް އަރާ ބޮޑު އެންޓަނާއެއް ވެއްޓި، ތިން މީހުން މަރުވެއްޖެ
ބޭ އޮފް ބެންގަލޯރު ސަރަހައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާނުގެ އަސަރުކުރުމުގެ ސަބަބުން މިޔަންމާގައި ހަރުކޮށްފައިހުރި މުއާސަލާތީ ހިދުމަތްދޭ އެންޓަނާއެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެ ތިން މީހަކު މަރުވެއްޖެއެވެ.
Advertisement

ބޭ އޮފް ބެންގަލްގައި މި މަހު 9 ވަނަ ދުވަހުން ފެށިގެން އުފެދިފައިވާ ތޫފާނު މޯކާގެ މިހާރު އަންނަނީ ބަނގުލަދޭޝް އަދި މިޔަންމާއަށް އަރައި ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ. 

މިގޮތުން މިޔަންމާގެ ގެތަކާއި، ބޯޓުތައް ފަދަ ތަންތަނަށް ގެއްލުން ވަމުން އަންނަކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ. އަދި މިހާތަނަށް ތޫފާނުގައި ވަނީ ތިން މީހަކު މަރުވެފައެވެ. 

އިންޑިއާގެ މޫސަމާބެހޭ އިދާރާއިން ލަފާކޮށްފައިވާގޮތުން އިންތިހާއަށް ބާރު ގަދަ ސައިކްލޮނިކް ތޫފާން "މޯކާ" ދަނީ އިންޑިއާއާއި ދުރަށް އިރުއުތުރަށް ދަތުރުކުރަމުންނެވެ. ގަޑިއަކު 28 ކިލޯމީޓަރުގެ ބާރުމިނުގައި ތޫފާނު ދަތުރުކޮށްފައިވާކަަމަށް ވެސް އިންޑިއާގެ މެޓް އޮފީހުން ބުނެއެވެ.  

ތޫފާނުގައި ގަޑިއަކު 180-190 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހިފައިވެއެވެ. އަދި ބައެއް ހާލަތްތަކުގައި ގަޑިއަކު 210 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހުން ވެސް އެކަށީގެންވާކަމަށް އިންޑިއާގެ މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް