ads
އެމްއޭސީއެލް އެއިރޯ ރެސިޑެންސް ސަރަހައްދުގައި އެމްޓީސީސީން ވަނީ ބަސް ހުއްޓިއެއް ގާއިމުކޮށްފައި - ފޮޓޯ:އެމްޓީސީސީ
އެމްއޭސީއެލް އެއިރޯ ރެސިޑެންސް ސަރަހައްދުގައި ބަސް ހުއްޓިއެއް ގާއިމުކޮށްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެއިރޯ ރެސިޑެންސް ސަރަހައްދުގައި ބަސް ހުއްޓިއެއް ގާއިމުކޮށްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭ އާރުޓީއެލް ބަހުގެ ހިދުމަތް އިތުރަށް ފުޅާކޮށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގައި ހުންނަ އެމްއޭސީއެލް އެއިރޯ ރެސިޑެންސް (އެމްއޭސީއެލް ހިޔާ ޓަވަރު) ސަރަހައްދުގައި ބަސް ހުއްޓިއެއް ގާއިމުކޮށްފައިވާ ކަމަށެވެ.

އެ ކުންފުނީގެ އާރުޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ R8 ،R7 ،R6 އަދި R9 ރޫޓުގެ ބަސްތައް މެދުވެރިކޮށް މާދަމާއިން ފެށިގެން މި ބަސް ހުއްޓިއަށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އުތުރު ހުޅުމާލެ، އެއިރޯ ރެސިޑެންސް ސަރަހައްދުގައި ބަސް ހުއްޓިއެއް ގާއިމު ކުރުމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެމްޓީސީސީން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް