ads
މިނިސްޓަރު މާރިޔާ، މިނިސްޓަރު އިމްރާން އަދި މިނިސްޓަރު ޝައުނާ
މި ވަޒީރުން ފެއިލް ވެއްޖެ: އައްޑޫ މޭޔަރު
ހަސަން ކުރުސީގެ ނަމުގައި ވަގު ޓްވިޓް އެކައުންޓަކުން ޓްވިޓް ކުރަމުން ގެންދާ ފަރާތެއް ނުހުއްޓުވި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ފެއިލް ވެފައިވާކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ހިތަދޫ އެޕޯލޯ ކުރީގެ ގުދަން ކުއްޔަށް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ތުހުމަތުތަކެއްކޮށް "ހަސަން ކުރުސީ" ވަނީ ސިޓީގެ ކައުންސިލަރުންނަށާއި ބައެއް މުވައްޒަފުންނަށް ވަގަށް ގޮވާ ޓްވިޓްތަކެއް ކޮށްފައެވެ.

އަދި އެކަމުގައި ބައިވެރިވި ފަރާތްތަކަށް ކަމަށްބުނެ، ބައެއް ފަރާތްތަކުގެ ފޮޓޯއާއި މައުލޫމާތު ޓްވިޓާގައި އާއްމުކޮށް ކޮރަޕްޝަންގެ ތުހުމަތުތައް ވަނީ ކޮށްފައެވެ.

މިކަމާގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ރައްދު ދެއްވާ ވިދާޅުވީ ހަސަން ކުރުސީގެ ނަމުގައި ދައުލަތާއި އާއްމު ރައްޔިތުން ބަދުނާމު ކުރަމުން ގެންދާއިރު އެކަން ނުހުއްޓުވުމަކީ ފެއިލްވުންކަމަށެވެ. 

އެ ޓްވިޓްގައި އަލީ ނިޒާރުވަނީ "ތިބޭފުޅުން ފެއިލްވުން" ކަމަށް ވިދާޅުވެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ޓެގް ކުރައްވާފައެވެ.

"ހަސަން ކުރުސީގެ ނަމުގައި އާއްމު ފަރުދުންނާއި ދައުލަތް ބަދުނާމު ކުރުވަން ފިޔަވަޅު ނާޅުއްވާ ބައްލަވަން ތިއްބެވުމަކީ ތިބޭފުޅުން ފެއިލްވުން، ޒިންމާ އަދާ ނުވުން" - މޭޔަރު ނިޒާރު

މީގެ އިތުރުން ނިޒާރުވަނީ އައްޑޫ ސިޓީ ކައުންސިލާއި މުވައްޒަފުން ބަދުނާމުވާގޮތަށް ކުރުސީ ދައްކަމުން ގެންދާ ވާހަކަތައް ތަހުގީގުކޮށް ފިޔަވަޅު އަޅާދިނުމަށް ފުލުހުންނަށް ގޮވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް