އާދިއްތަ ދުވަހު ހަވީރު ބުރާ ޓީސީ ކުޅުނު މެޗުން ބުރު މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. ޕްރެޒިޑެންޓްސް ކަޕުގައި މި ދެ ޓީމު ކުޅުނު މެޗުން ޓީސީ މޮޅުވީވެސް ހަމަ މި ނަތީޖާއިންނެވެ. އެއީ މި ދެ ޓީމުގެ ފުރަތަމަ މެޗެވެ. ލީގުގައި މިއަދު ކުޅުނު މެޗު މިއީ މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުމެވެ. އެހެންކަމުން މިހާރު ކޮންމެ ޓީމަކުންވެސް އެއް މެޗުން މޮޅުވީއެވެ.
ޕްރިމިއަ ލީގުގައި ބުރުން ހޯދި ފުރަތަމަ މޮޅު ޓީސީ އަތުން ހޯދިއިރު މެޗުގެ ހަމަ އެކަނި ލަނޑު ޖެހީ އިތުރު ވަގުތުގައި މުހައްމަދު ނާއިމްއެވެ.
ލީގުގައި ބުރު ދެން ކުޅޭނީ ވެލެންސިޔާއާއެވެ. އަދި ޓީސީ ދެން ކުޅޭނީ އީގަލްސްއާއެވެ. އަންނަ ހަފްތާގައި ކުޅޭ މެޗުތަކަށް ފަހު ދެން ލީގު މެދު ކަނޑާލާނީ ގައުމީ ޓީމް ސާފަށް ތައްޔާރުވުމަށެވެ.