ads
ރާއްޖޭގެ ރަށެއްގެ މަތިން ނަގާފައިވާ ކޮޅިގަނޑެއް
ތޫފާނު ފަބިއަން ރާއްޖެއަށް އަރާފާނެތަ؟
"ޓްރޮޕިކަލް ސްޓޯމް" ގެ ކެޓަގަރީގައި މިވަގުތު އޮތް ތޫފާނު "ފަބިއެން" އަކީ މެއި މަހުގެ 13 ވަނަ ދުވަހު ދެކުނު އިންޑިއާ ކަނޑުގައި އުފެދުނު ތޫފާނެކެވެ. ކުރިއަށް އޮތް ދެތިން ދުވަހު ވެސް ފަބިއަން ހުޅަނގު ދެކުނަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވޭއިރު، ހަފްތާގެ މެދުތެރޭގައި "ހަރިކޭން" ކެޓަގަރީގެ ތޫފާނަކަށް ބަދަލުވެދާނެ އެވެ.
Advertisement

ދިވެހިރާއްޖެ އަކީ ލަންކާގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 700 ކިލޯމީޓަރު ދުރުގައި އޮންނަ ގައުމެކެވެ.

މި ތޫފާނުގެ ސަބަބުން މީހުން ދިރިއުޅޭ އެއްވެސް ޖަޒީރާއަކަށް މިހާރު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާކޮށްފައި ނުވި ނަމަވެސް ތޫފާނު އުފެދިފައިވާ ސަރަހައްދުގެ ރައްޔިތުން ތޫފާނުގެ ކުރިއެރުންތައް މޮނިޓާ ކުރަމުން ގެންދަން ޖެހޭކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ. 

މިގޮތުން މިއަދު ރާއްޖޭގެ މެޓް އޮފީހުން ބުނީ ފަބިއަން އުފެދިފައިވަނީ ދިވެހިރާއްޖެއާއި ވަރަށް ދުރުން ރާއްޖޭގެ ދެކުނުގައި ކަމަށެވެ. 

your imageރާއްޖެ މަތީގެ ސެޓްލައިޓް ފޮޓޯއެއް

ފަބިއެން މިވަގުތު އޮތީ ރާއްޖޭގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 1،100 ކިލޯމީޓަރު (680 މޭލު) ދުރުގައެވެ. މި ތޫފާން ގަޑިއަކު 11 މޭލު ބާރުމިނުގައި ހުޅަނގު ދެކުނަށް ދަތުރުކުރަމުންދާއިރު ކުރިއަށް އޮތް ދެތިން ދުވަހު ވެސް އެ ދިމާލަށް ދަތުރުކުރާނެ ކަމަށް ބެލެވެ އެވެ. މާނައަކީ މި ތޫފާނު މިވަގުތު ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށެވެ. 

"ވަރަށް ދުރުން ދާ މި ތުފާނު ރާއްޖެއަށް އަރާނެކަމަކަށް ނުބެލެވޭ،" މެޓް އޮފީހުގެ އޮފިޝަލް މިއަދު ވިދާޅުވިއެވެ.

މި ތޫފާން އޮތް ލޮކޭޝަނަކީ ރާއްޖޭގެ އިރުން 6.8° ދެކުނުން  83.6° އެވެ. މި ތޫފާން ގަޑިއަކު 11 މޭލު ބާރުމިނުގައި ހުޅަނގު ދެކުނަށް ދަތުރުކުރަމުންދާއިރު ކުރިއަށް އޮތް ދެތިން ދުވަހު ވެސް އެ ދިމާލަށް ދަތުރުކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ގުދުރަތީ ކަންކަމުގެ ކޮޅުމަތި ކުއްލިއަކަށް ވެސް ބަދުލުވުމަކީ އެކަށީގެންވާކެމެކެވެ. 

މި ތޫފާނު ރާއްޖެއަށް ނާރޭނެކަމަށް މެޓް ބުނި ނަމަވެސް، މި ތޫފާނާމެދު ދިވެހިރާއްޖެ، ޑިއޯގޯ ގާސިއާ، ލަންކާ އަދި އިންޑިއާގެ ދެކުނުގައި ދިރިއުޅޭ މީހުން ސަމާލުވުން މުހިންމުކަމަށް މޫސުމާ ބެހޭ ބައިނަލްއަގުވާމީ އިދާރާތަކުން ބުނެއެވެ. 

56%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް