ads
ވެލެންސިޔާ - އީގަލްސް މެޗުގެ ތެރެއިން
ވެލެންސިޔާ އަނެއްކާވެސް ބަލިވެއްޖެ
ޕްރިމިއާ ލީގުގައި ވެލެންސިޔާއިން ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެއެވެ. ވެލެންސިޔާ ރޭ ބަލިވީ އީގަލްސް އަތުންނެވެ.

ވެލެންސިޔާ އީގަލްސް މެޗުން އީގަލްސް މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ. އެއާއެކު އީގަލްސްއިން ލީގުގައި ކުޅުނު ދެ މެޗުންވެސް މޮޅުވީއެވެ. އަނެއްކޮޅުން ވެލެންސިޔާ އެ ޓީމުގެ ދެ މެޗުންވެސް ބަލިވީއެވެ. ޕްރެޒިޑެންޓްސް ކަޕުގައި ކުޅުނު ދެ މެޗުންވެސް ވެލެންސިޔާ ވީ ބައްޔެވެ.

ވެލެންސިއާއަށް މި ސީޒަންގައި 14 އަހަރުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އިރު، ޓީމާ ގުޅުނު ތަޖުރިބާކާރު ކުޅުންތެރިންނަށް ކުޅެވޭ ގޮތް ނުވެފައިވަނީ ކުރިން ކުޅުނު ކުޅުންތެރިންގެ މުސާރަ މައްސަލަތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކެއްގެ ސަބަބުންނެވެ.

ދެވަނަ މެޗުންވެސް ވެލެންސިޔާ ބަލިވެފައިވާއިރު، މިހާރު ކުރިއަށްދާ އޯލެވެލް އިމްތިހާނާއި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ކުލަބު ވެލެންސިއާ އަށް ކުޅޭ ގިނަ ކުދިންތަކެއް ބައިވެރިވާތީ އެކަމުގެ ސަބަބުން ޓީމަށް ޕްރެކްޓިސްތައް ކުރިއަށް ގެންދިޔުމުގައި އުނދަގޫތަކެއް ހުރި ކަމަށް ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) މެޗުގެ ކުރިންވެސްވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް