"ފެބިއަން"ގެ ނަމުން ނަންދީފައިވާ ތޫފާނުގެ މިސްރާބު ޗާގޯސްއާ ދިމާލަށް ހުރިއިރު، މި ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މި ދުވަސްވަރު ރާއްޖެއަށް ކުރަމުން ގެންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާބެހޭ އިދާރާއިން މީގެކުރިން ވަނީ ބުނެފައެވެ.
ރާއްޖެއަށް ސީދާ އަސަރު ނުކުރި ނަމަވެސް ބޭ އޮފް ބެންގާލްގައި ވެސް ވަރުގަދަ ތޫފާނެއް ވަނީ އުފެދިފައެވެ.
އެ ތޫފާން މިމަހުގެ 13 ވަނަ ދުވަހު އެންމެ ނުރައްކާތެރިވިރު ކޮޅިގަނޑުގައި ގަޑިއަކު 137 ކިލޯމީޓަރަށް ވައި ޖެހުނެވެ. އަދި ބަނގުލަދޭޝްގެ ބައެއް ސަރަހައްދުތަކާއި މިޔަންމާގެ ބައެއް ސަރަހައްދުތަކަށް ކޮޅިގަނޑުގައި ބޮޑެތި ގެއްލުންތަކެއް ވިއެވެ.