ads
ރާއްޖޭގެ ރަށެއްގެ މަންޒަރެއް
80000 ވަގަށް ނެގުމުން 39600 ރުފިޔާގެ ޖޫރިމަނާއެއް
80000 ވަގަށް ނެގި މީހަކު 39600 ރުފިޔާއިން ޖޫރިމަނާކޮށް އުތުރުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

80000 ވަގަށް ނެގި މި މައްސަލައަކީ 2020 ވަނަ އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން ގެއެއްގައި އޮތް އަންހެނެއްގެ ދަބަހުން ވައްކަން ކުރި މައްސަލައެކެވެ. މި މައްސަލައިގައި ދައުލަތުން ދިވެހި ފިރިހެނެއްގެ މައްޗަށް ކޮށްފައިވަނީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ. 

މި ދައުވާ ސާބިތު ކުރުމަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅިއެވެ. އަދި ހުށަހެޅި ހެކިތަކާ، ވައްކަން ކުރި މީހާ ތަހުގީގައި ވެފައިވާ އިއުތިރާފަށް ބިނާކޮށް ކުށް ސާބިތުވާ ކަމަށް އާދިއްތަ ދުވަހު ކުރި ހުކުމުގައި ބުނެފައިވެއެވެ. އަދި އެކަމުގެ އަދަބެއްގެ ގޮތުން ޖޫރިމަނާއަކާ ކޮމިއުނިޓީ ސާވިސް ހުކުމުގައިވެއެވެ. 

80000 ރުފިޔާ ވަގަށް ނެގި މީހާވަނީ ޝަރީއަތުގައި، އޭނާގެ މައްޗަށް ބޮޑު އަދަބެއް އަންނާނެތޯ ފަނޑިޔާރާ ސުވާލުކޮށްފައެވެ. އަދި އަދަބު ލުއިކޮށްދިނުމަށް އެދި، ޖޫރިމަނާއެއް ކޮށްފިނަމަ އާއިލާގެ މެންބަރުންގެ އެހީތެރިކަމާއެކު ޖޫރިމަނާ ދެއްކޭނެ ކަމަށްވަނީ ބުނެފައެވެ. 

މައްސަލައިގެ ރިޕޯޓުން އެނގޭ ގޮތުގައި ވައްކަން ކުރި މީހާ އެކަން ކޮށްފައިވަނީ އެ ފައިސާގެ ވެރި މީހާ މޫދަށް ދާ ގަޑީގައެވެ. އެ އަންހެން މީހާއަކީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މޫދަށް އެރޭ މީހެއް ކަމަށްވެއެވެ. އަދި މޫދަށް އެރޭގަޑި ބަލައި އަންހެން މީހާއަށް ފާރަލައި، ކޮންމެ ދުވަހަކުވެސް ވައްކަން ކުރަނީއެވެ. 

މި މައްސަލައިގައި ފަނޑިޔާރު ކުރި ހުކުމުގައިވަނީ، ވައްކަން ކުރިކަން ސާބިތުވީ މީހާގެ މައްޗަށް ކަނޑައެޅި، ނުވަ މަހާއި 18 ދުވަހު ޖަލު އަދަބުގެ ތެރެއިން ހަމަ މަހާއި 18 ދުވަހުގެ ޖަލު އަދަބު، 39600 ރުފިޔާއަށް ބަދަލުކޮށް، އަދި ބާކީ ތިން މަސް ދުވަހުގެ ޖަލު އަދަބު، 480 ގަޑިއިރުގެ ކޮމިއުނިޓީ ސާވިސްއަށް ބަދަލުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް