ads
އަލްހާން ފަހުމީ
ޕޮންޒީ ސްކީމްގެ ޝިކާރައަކަށްވީ މީހަކަށް ފައިސާދޭން ހުކުމެއް
އަލްހާން ފަހުމީ އިސްވެ ހުރެ ކިންގްސް ކެޕިޓަލްގައި ހިންގި 'ޕޮންޒީ' ސްކީމުގެ ޝިކާރައަކަށްވީ މީހަކަށް ލައްކައެއްހާ ރުފިޔާދޭން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިންގެ ވިޔަފާރިކުރި ކިންގްސް ކެޕިޓަލްގައި ފައިސާ އިންވެސްޓްކުރި އުތުރުގެ އަތޮޅެއްގެ މީހަކަށް 90،000 ރުފިޔާ އަނބުރާ ދައްކަން ކިންގްސް ކެޕިޓަލުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ މިއަދު އެވެ.

އެއީ އެ މީހާ އިންވެސްޓް ކުރި 100،000 ރުފިޔާގެ ތެރެއިން އޭނާއަށް ނުދީ އޮތް ފައިސާއެވެ. 

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އެ މީހާ އިންވެސްޓްކުރި  100،000ރ. ތެރެއިން 90،000ރ. އަނބުރާ ނުދިން މައްސަލަ އެ މީހާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ކޯޓުން މިއަދު ނިންމީ ކިންގްސް ކުންފުނީގެ ގައިރު ހާޒިރުގައެވެ. މައްސަލައިގެ ހުކުމް ކުރީ ރިޒްމީނާ އިދުރީސްއެވެ. 

އަލްހާން ފަހުމީގެ މަސްލަހަތު އޮންނަ ކިންގްސް ކުންފުނިން ފެށި ސްކީމްގައި ގިނަ ބަޔަކު ބައިވެރިވެ، ފައިސާ އިންވެސްޓްކޮށްފައި ވަނިކޮށް މިދިޔަ އަހަރު އެ ކުންފުނީގެ އެކައުންޓްތައް ހިފަހައްޓައި، ޖިނާއީ ތަހުގީގު ފެށުމުން ގިނަ ބަޔަކަށް ފައިސާ ނުލިބި ވަނީ ތާށިވެފަ އެވެ. ކިންގްސްގެ ހިއްސާދާރުންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ފުލުހުން އަންނަނީ ޖިނާއީ މައްސަލައެއް ވެސް މިހާރު ބަލަމުންނެވެ. 

އެ ކުންފުނީގެ ބޭންކް އެކައުންޓްތައް ހިފެހެއްޓި މައްސަލާގައި ސިވިލް ކޯޓުން ކުރިން ނިންމާފައިވަނީ އެކަން ބީއެމްއެލްއިން ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެ މައްސަލަ އެ ބޭންކުންވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް