ads
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އޮންނާނީ ތުލުސްދޫގައި
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ތުލުސްދޫގައި
ތުލުސްދޫގައި ޖުލައި މަހު ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރަސްމީކޮށް މިއަދު އިފުތިތާހު ކޮށްފި އެވެ.
Advertisement

ތުލުސްދޫގައި ޖުލައި މަހު ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އިފުތިތާހު ކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ. ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މުބާރާތް އޮންނާނީ ޖުލައި މަހުގެ 8 އިން 17 އަށެވެ.

ތުލުސްދޫގައި އަންނަ ޖުލައި މަހު މި މުބާރާތް ބާއްވަން ތާވަލުކޮށްފައިވާއިރު، އެންމެ ފަހުން މި މުބާރާތް ބާއްވާފައި ވަނީ 2018 ވަނަ އަހަރު ޖަޕާނުގަ އެވެ. އެ މުބާރާތުގެ ފައިނަލް ހީޓުގައި ރާއްޖޭގެ ކުޅަދާނަ ސާފަރުން ކަމަށްވާ ހުސެއިން އަރީފް (އިބޫ) އާއި އިސްމާއިލް ރަޝީދު (ސްމައިލީ) ވާދަ ކުރި އެވެ. އިބޫ އަށް ތިން ވަނަ ލިބުނުއިރު ސްމައިލީ ދިޔައީ ހަތަރު ވަނައަށެވެ.

މި އަހަރުގެ އޭޝިއަން ސާފިން މުބާރާތުގައި ޝޯޓްބޯޑް ފިރިހެން އަދި އަންހެން ޑިވިޝަންގެ އިތުރުން ޖޫނިއާ ޑިވިޝަން ވެސް ކުރިއަށް ގެންދާނެ އެވެ. ފިރިހެން އޯޕަން ޑިވިޝަނާއި ފިރިހެން ޖޫނިއާ ޑިވިޝަނުގައި ރާއްޖެއިން ވާދަކުރެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިރިހެން އޯޕަން ޑިވިޝަނުގައި ދިވެހި 8 އެތުލީޓުން ވާދަކުރާނެ އެވެ. އެއީ ގައުމީ ސްކޮޑުގައި ހިމެނޭ ހަ އެތުލީޓުންގެ އިތުރުން، ވައިލްޑްކާޑް ސްލޮޓް ލިބޭ ދެ އެތުލީޓެކެވެ. ވައިލްޑްކާޑް ލިބޭނީ މުބާރާތް ބާއްވާ ތުލުސްދޫގެ ރާޅާއެޅުންތެރިންނަށެވެ.

ރާއްޖޭގެ ގައުމީ ސްކޮޑުގައި މިވަގުތު ތިބި އެތުލީޓުންނަކީ، އަހުމަދު އާގިލް (އަންމަޑޭ)، ނަޖާހު މުހައްމަދު (ކަބޯ) އާއި ޖައިލަމް ނިޒާރާއި ހޫދު އަހުމަދު (ހޫބްޒް) އާއި އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ހުސެއިން އަރީފް (އިބޫ) އެވެ. އިބޫ އާއި ސްމައިލީގެ އިތުރުން ތުލުސްދޫގެ އަންމަޑޭ ވެސް ވަނީ 2018 ވަނަ އަހަރު ޖަޕާނުގައި އޮތް މުބާރާތުގައި ވާދަ ކޮށްފަ އެވެ.

ރާއްޖޭގެ ޖޫނިއާ ސްކޮޑުގައި 12 އެތުލީޓުން ހިމެނެ އެވެ. ނަމަވެސް މި ފަހަރުގެ މުބާރާތުގައި ވާދަ ކުރެވޭނީ އޭގެ ތެރެއިން ހަ އެތުލީޓުންނަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް