ads
ރާއްޖެއާ ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން
ނޭޕާލު އަތުން މޮޅުވެ، ހޭންޑްބޯލް ޓީމު މެޑެލްގެ އުއްމީދުގައި
އައިއެޗް ޓްރޮފީގައި ރާއްޖޭގެ ޒުވާން އަންހެން ދެ ޓީމުން ނޭޕާލް ބަލިކޮށްފިއެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާ ގައި މިހާރު ކުރިއަށްދާ މުބާރާތުން އައިއެޗް ޓްރޮފީގައި ރާއްޖޭގެ ޒުވާން އަންހެން ދެ ޓީމުން ނޭޕާލް ބަލިކުރުމާއެކު މެޑަލް ހޯދުމުގެ އުއްމީދެއްވަނީ ލިބިފައެވެ.

އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ހަތަރު ގައުމުން ލީގު ބުރެއް ކުޅުމަށްފަހު ފައިނަލުން ފުރުސަތު ލިބެނީ ލީގު ބުރުގެ ގަދަ ދެ ޓީމަށެވެ. ރާއްޖެވަނީ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން އަދި ދެވަނަ މެޗުން އިންޑިޔާ އަތުން ބަލިވެފައެވެ. އެކަމަކު މިއަދު ނޭޕާލް އަތުން ރާއްޖެ މޮޅުވުމުން ލީގު ބުރުގެ ތިންވަނަ ޓީމްގެ ގޮތުގައި ރާއްޖެ ވާދަކުރާނީ ބްރޮންޒް މެޑަލް މެޗުގަ އެވެ. ރާއްޖެއާ ނޭޕާލު ކުޅޭ މި މެޗު އޮންނާނީ މާދަމާއެވެ.

ރާއްޖޭގެ 17 އަހަރުން ދަށުގެ ޔޫތު ޓީމުން ނޭޕާލް ބަލިކުރީ 42-11 އިންނެވެ. ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުން ނޭޕާލްގެ ޖޫނިއާ ޓީމް ބަލިކުރީ 25-10 އިންނެވެ. މިއީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ޒުވާން އަންހެން ޓީމެއް ކާމިޔާބުކުރި ފުރަތަމަ މެޗުތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް