ads
އައްބާސް އާދިލް ރިޒާ
އައްބާސް ހާޒިރުނުކުރެވިގެން މިއަދުވެސް ޝަރީއަތް ކެންސަލް
އިންޑިއާ ހައިކޮމިޝަންގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި، ދައުލަތުން ދައުވާކުރާ އައްބާސް އާދިލް ރިޒާ ކޯޓަށް ހާޒިރު ނުވެގެން މިއަދުވެސް މައްސަލަ ކެންސަލް ވެއްޖެއެވެ.

އައްބާސްގެ މައްޗަށް، ދައުލަތުން އުފުލާފައިބަނީ ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާއެވެ. އެއީ އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ޓްވީޓް ކުރުމާއި ކްލަބް ހައުސްގައި ވާހަކަ ދައްކަމުން މާލޭގެ ބައެއް ތަންތަނުގައި ހުޅުޖަހަން ހިތްވަރު ދިން ކަމަށް ބުނެ އެވެ. އެ މައްސަލައިގެ އަޑު އެހުމެއް މިއަދަށް ތާވަލު ކުރިއެވެ. އެހެންނަމަވެސް އަޑުއެހުން ނުބޭއްވުނީ އައްބާސްއަށް ކޯޓަށް ހާޒިރުވުމުގެ ޗިޓް ހަވާލު ނުކުރެވޭތީ އެވެ.

މިއަދު ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ އައްބާސް ހާޒިރު ނުކުރެވޭތީ ކަމަށް ކޯޓުން ބުންޏެވެ. ކުރިންވެސް މި މައްސަލަ ބާއްވަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެ ފަހަރުވެސް އައްބާސް ހާޒިރު ނުކުރެވިގެން ޝަރީއަތް ކެންސަލްވިއެވެ. ޗިޓް ހަވާލު ނުކުރެވި، ހާޒިރު ނުކުރެވުމުން އޭނާ ހައްޔަރުކޮށްގެން ކޯޓަށް ގެނައުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ދައުލަތުންކޮށްފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް