ads
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އައިއެސްޑީބީ އާއެކު ދިވެހި ސަރުކާރުން ފަހުމުނާމާއެއްގައި ސޮއިކުރުން - ފޮޓޯ:ފިނޭންސް މިނިސްޓްރީ
ކުދި ވިޔަފާރިތައް ކުރިއަރުވަން 616 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމުކުރަނީ
ކުދި ވިޔަފާރިތައް ކުރިއެރުވުމަށް 616 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފަންޑެއް ގާއިމުކުރަން ނިންމައިފިއެވެ.
Advertisement

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އާއެކު ދިވެހި ސަރުކާރުން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެސްއެމްއީ އިމްޕެކްޓް ފަންޑު ގާއިމުކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އައިއެސްޑީބީގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ. 

ދިވެހި ސަރުކާރުގެ ފަރާތުން މި ފަހުނާމާގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އައިއެސްޑީބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ރައީސް ޑރ. މުހައްމަދު އަލް ޖާސިރެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިސްލާމިކް ފައިނޭންސްގެ އުސޫލުތަކާ އެއްގޮތަށް ގާއިމުކުރާ އެސްއެމްއީ އިމްޕެކްޓް ފަންޑުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމުގައެވެ.

މި ފަންޑު ގާއިމުކުރުމަށް އައިއެސްޑީބީން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ގެ ކެޕިޓަލެއް ދޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. ފިނޭންސް މިނިސްޓްރީން ބުނީ މި ފަންޑުން ކުރާ އިންވެސްޓްމަންޓުތަކުން ލިބޭ ފައިދާއިން ދެމެހެއްޓެނިވި ގޮތެއްގައި ފަންޑު ހިންގޭނެ ގޮތަށް ރާވާފައިވާ ކަމަށެވެ.

އެސްއެމްއީ އިމްޕެކްޓް ފަންޑު ހިންގައި ބަލަހައްޓާނީ އައިއެސްޑީބީ އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ އިތުރުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

your imageކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އައިއެސްޑީބީ އާއެކު ދިވެހި ސަރުކާރުން ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައި - ފޮޓޯ:ފިނޭންސް މިނިސްޓްރީ

އެ މިނިސްޓްރީން ބުނެފައިވަނީ އައިއެސްޑީބީ އާ ގުޅިގެން ގާއިމުކުރާ މި ފަންޑުން އެސްއެމްއީތަކަށް މިވަގުތު ކުރިމަތިވާ މާލީ އަދި ފަންނީ ދަތިތަކަށް އެހީތެރިކަން ލިބޭނެ ކަމަށެވެ.

އެސްއެމްއީ އިމްޕެކްޓް ފަންޑުން އިންވެސްޓް ކުރާނެ ދާއިރާތަކަކީ:

  • ރަށްރަށުގައި ހަލާލް ޓޫރިޒަމް ގެސްޓްހައުސް ތަރައްގީކުރުން
  • އޮފީސް ޖާގަ އާއި ބައެއް ކަހަލަ ކުދި މުދާ އުފައްދާ ކާރުހާނާތަކާއި ގުދަން ފަދަ ތަންތަން ގާއިމުކުރުން
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯނުގެ އަދަދާއި މިންވަރު އިތުރުކުރުމަށް އެސްޑީއެފްސީއަށް ފައިސާ ދިނުން

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެސްއެމްއީ އިމްޕެކްޓް ފަންޑު ގާއިމުކުރުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށްފަހު، ކުރިއަށް އޮތް މަދު މަސްތަކުގެ ތެރޭގައި މި ފަންޑު ހިންގަން ފެށުމަށް އައިއެސްޑީބީ އާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް