ދޯނިން ވަހަކަދެއްކި ބައެއް މީހުން ބުނީ ބަނގުލަދޭޝް މީހާ މޫދަށް ވެއްޓުނީ ކޫއްޑުއަށް މަސް ކިރަން ގޮސް، ކިއު ދިގުވުމުން ފަޅުން ދޯނި ބޭރަށް ނެރެން ގެން އުޅެނިކޮށް ކަމަށެވެ.
ބިދޭސީ މީހާ މޫދަށް ވެއްޓުނީ އެސަރަހައްދުން މަސް އައިނެއް ފެނިގެން މަސް ބާނަން އުޅެކިކޮށް ކަމަށާއި އޭނާއަށް ހަމަލާދިން މިވަޔުގައި އަށް ފޫޓް ވަރު ހުންނާނެކަމަށް ބެލެވޭކަމަށްވެސް ދޯނިން ވާހަކަދެއްކި ބައެއް މީހުން ބުނެއެވެ.
ޒަހަމްވި މީހާއަށް ގއ. ވިލިގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާއިރު އޭނާގެ އަތާއި ފައިގެ ތިން ތަނަކަށް މިޔަރު ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްވެފައިވާކަމަށް ހޮސްޕިޓަލުން ބުނެއެވެ.