ads
ރައީސް ސޯލިހް އަދި ރައީސް ނަޝީދު
ރާއްޖޭގެ ބައެއް ގެއްލުނު، ރައީސް ސޯލިހުގެ އިހުމާލެއް އެބަ އޮތް: ނަޝީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމެއްގެ ސަބަބުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ނަޝީދުގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މޮރިޝަސްއާއި ރާއްޖެއާއި ދެމެދު އޮތް ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލަ ހައްލު ކުރުމަށް އެޑް ހޮކް އުސޫލުން ކުރިއަށް ގެންދިޔުމަށް މޮރިޝަސްއިން ޖޫން 18، 2019 ގައި ހުށަހަޅާފައިވަނިކޮށް ރައީސް ސޯލިހުގެ ނިންމެވުމުގެ މަތިން އެ މައްސަލަ އިޓްލޮސްއަށް ހުށަހެޅުމުން ރާއްޖެއިން ބައެއް ގެއްލިފައިވާ ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ މި މައްސަލައިގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ހިޔާލެއް ހޯދާފައި ނުވާ ކަމަށެވެ. 

"މިކަމުގައި މަޖިލިސްގެ ނިންމުމެއް ހޯދާފައެއް ނުވެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އިހުމާލު އެބަ އޮތެވެ." - ނަޝީދު

މި މައްސަލަ އިޓްލޮސްއިން ނިމުނު ގޮތުން ރާއްޖެއިން ބައެއް ގެއްލިފައިވާ ކަމަށާއި މިކަމުގައި ރައީސް ސޯލިހުގެ އިހުމާލެއްވާ ކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ޕާޓީން ވަކި ކުރަންވީ އަލީ އާޒިމް ނޫން ކަމަށެވެ. 

މިއީ ރައީސް ސޯލިހު ޕާޓީން ވަކިކުރަން ގޮވާލާ ރައީސް ނަޝީދު މިއަދު ޓްވީޓު ކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ޓްވީޓުކޮށްފައިވަނީ އެމަނިކުފާނުގެ ނުރަސްމީ ޓްވިޓާ އެކައުންޓް، އަނެއް ދިވެހިރާއްޖެ އިންނެވެ. 

ރައީސް މުހައްމަދު ނަޝީދުގެ ނުރަސްމީ ޓްވިޓް އެކައުންޓް، އެނެއް ދިވެހިރާއްޖެއިން ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރައީސް ސޯލިހް އަންގަވައިގެން ދާއިރާ ތަކުގެ ރައީސުން ނިކުމެ 2019 ވަނަ އަހަރު އެމްޑީޕީގެ ކެންޑިޑޭޓުން ކަޓުވާލާފައިވާ ކަމަށެވެ. ރައީސް ނަޝީދު އިޝާރާތް ކުރެއްވީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށެވެ. 

"2019 ގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން ދާއިރާ ރައީސުން ނިކުމެ އެމްޑީޕީ ކެންޑިޑޭޓުން ކަޓުވާލާ އެހެން މީސްމީހުން މަޖިލީހަށް ހޮވި މައްސަލަ ނުބަލައި، ފިޔަވަޅުއަޅާ ކޮމެޓީން މިހާރު އެބަލާ، މައްސަލަތައް ބެލުމަކީ އިންސާފުވެރިކަމެއް ނޫން. ޕާޓީން ވަކިކުރަން ޖެހެނީ ރައީސް ސޯލިހް" - ނަޝީދު

ރައީސް ނަޝީދުގެ މި ޓްވީޓުތަކުގެ ސަބަބުން ވަރަށް ގިނަ ބަޔަކު އަންނަނީ ރައީސް ނަޝީދަށް ފާޑު ކިޔަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް