ބަންގްލަދޭޝްގެ ވެރިރަށް ޑާކާ ގައި މިހާރު ކުރިއަށްދާ މުބާރާތުން އައިއެޗް ޓްރޮފީގައި ރާއްޖޭގެ ޒުވާން އަންހެން ދެ ޓީމުން ލޯ މެޑަލް ހޯދީ މިއަދު ކުޅުނު ބްރޯންޒް މެޑަލް ސެމީގައި ނޭޕާލް ބަލިކޮށްގެންވެ.
އައިއެޗްއެފް ޓްރޮފީގައި ލީގު އުސޫލުން ހަތަރު ޓީމު ހަތަރު ޓީމާ ކުޅުނު އިރުވެސް ރާއްޖޭންވަނީ ނޭޕާލް ބަލިކޮށްފައެވެ. ރާއްޖެއަށް މޮޅުނުވެވުނީ އިންޑިޔާ އަދި ބަންގްލަދޭޝް އަތުންނެވެ.
މި މުބާރާތުގައި ކުޅުނު ދިވެހި އަންހެން ދެ ޓީމަކީ 17 އަހަރުން ދަށުގެ ގައުމީ ޓީމު ނުވަތަ ޖޫނިއާ ޓީމާ، 19 އަހަރުން ދަށުގެ ޓީމެވެ. މިއަދު ކުޅުނު ބްރޯންޒް މެޗުގައި 17 އަހަރުން ދަށުގެ ޓީމު ނޭޕާލް އަތުން މޮޅުވީ 22 – 05 ންނެވެ. 19 އަހަރުން ދަށުގެ ޓީމު މޮޅުވީ 41- 10 ންނެވެ.
މިއީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ޒުވާން އަންހެން ޓީމެއް ކާމިޔާބުކުރި ފުރަތަމަ މެޗުތަކެވެ.