ads
އިންޓަމިލާން ފައިނަލަށް ދިޔައީ 13 އަހަރު ފަހުން
ޗެމްޕިއަންސް ލީގު ފައިނަލުގައި އެއްކޮޅުން އިންޓަމިލާން
ޗެމްޕިއަންސް ލީގު ފައިނަލްގެ ފުރަތަމަ ޖާގަ އިޓަލީގެ އިންޓަމިލާނުން ހޯދައިފިއެވެ.

އިންޓަމިލާން ފައިނަލަށް ދިޔައީ ޒަމާންވީ ވާދަވެރިޔާ އޭސީ މިލާން ބަލިކޮށްގެންނެވެ. މިލާން ޑާބީގެ ގޮތުގައި ބެލެވުނު ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގެ ދެ ލެގުވެސް ކާމިޔާބު ކުރީ މިލާނުންނެވެ.

ފުރަތަމަ ލެގު މިދިޔަ ހަފްތާގައި ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކުރިއިރު، ފަހު ލެގު އަންގާރަ ދުވަހުގެ ރޭ ކާމިޔާބު ކުރީ އެއް ލަނޑު ސުން ލަނޑުންނެވެ. އެހެންކަމުން އިންޓަމިލާން ފައިނަލަށް ދިޔައީ ތިން ލަނޑު ސުން ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ވާދަވެރި މިލާން ބަލިކޮށް އިންޓައިން ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ފުރުސަތު ހޯދިއިރު މިއީ މުބާރާތުގެ ފައިނަލަށް އެ ޓީމު 13 އަހަރުގެ ތެރޭގައި ދިޔަ ފުރަތަމަ ފަހަރެވެ. މިއީ، 2010 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ފަހުން، އިންޓަ އިން ކުޅޭނެ ފުރަތަމަ ފައިނަލެވެ.

ފައިނަލުގައި އެއްކޮޅުން އިންޓަ މިލާން ކުޅޭއިރު، ފައިނަލްގެ ފަހު ޖާގަ ކަށަވަރުވާނީ މިރޭ މެންޗެސްޓަ ސިޓީއާ ރިއަލް މެޑްރިޑް ކުޅޭ މެޗުންނެވެ. މި ދެ ޓީމުގެ ފުރަތަމަ ލެގު ނިމިފައިވަނީ ރިއަލްގެ ދަނޑުގައި ދެ ޓީމު އެއް ލަނޑު އެއް ލަނޑުން އެއްވަރު ވެގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް