މި ހާދިސާގައި ފިހިފައިވަނީ އެރަށު ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ އިންޑިއާ ނަރުހެކެވެ. އޭނާގެ ހާލު ސީރިއަސްކަމަށް މައުލޫމަތު ލިބެއެވެ.
މަޑުއްވަރީ ސިއްހީމަރުކަޒުން ބުނީ މި ހާދިސާގައި އަނިޔާވެ އޭނާ ރޭ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ގައިގެ ބޮޑުބައެއް ފިހިފައިވާ ކަމަށެވެ. އަދި އޭނާއަށް ކަންހިނގައިދިޔަގޮތް ކިޔާދޭން އެނގޭވަރަށް ވުރެ ބޮޑަށް އޭނާއަށް އަނިޔާވެފައިވާކަމަށެވެ.
މަޑުއްވަރީ ސިއްހީ މަރުކަޒުން ފަރުވާދިނުމަށްފަހު، އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް އަންހެން މީހާ ގެންގޮސްފައިވާއިރު، އޭނާއަށް ފަރުވާދެމުން ގެންދަނީ އަސީޔޫގައެވެ.