ads
ދަގަނޑޭ
އަނިޔާގައި ހުރި ދަގަނޑޭ ބާކީކޮށް ގައުމީ ޓީމު އިއުލާންކޮށްފި
އަންނަ މަހު އިންޑިޔާގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް، 40 ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ދިވެހި ގައުމީ ފުޓްބޯޅަ ޓީމު އިއުލާންކޮށްފިއެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް، އެކުލަވާލި 40 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުން، 30 ކުޅުންތެރިންނާއެކު އަންނަ ހަފްތާގައި  ޕްރެކްޓިސް ފެށުމަށްވަނީ ކަނޑައަޅާފައެވެ. ގައުމީ ޓީމުގެ ސްކޮޑު މިއަދު އިއުލާން ކުރިއިރު، އަނިޔާގައި ހުރި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު ޓީމުގައި ނުހިމެނެއެވެ. އަޝްފާގަށް އަނިޔާވީ ޕްރެޒިޑެންޓްސް ކަޕުގެ ދެވަނަ މެޗުގައެވެ. 

ގައުމީ ޓީމު މިއަދު އިއުލާން ކުރިއިރު 40 ކުޅުންތެރިންގެ ތެރެއިން 15 ކުޅުންތެރިންނަކީ މާޒިޔާގެ ކުޅުންތެރިންނެވެ. ބާކީ ތިބި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، އީގަލްސްގެ ހަ ކުޅުންތެރިންނާ، ސުޕަރ ޔުނައިޓެޑްގެ ފަސް ކުޅުންތެރިންނާ، ބުރު ސްޕޯޓްސްގެ ފަސް ކުޅުންތެރިން އަދި ޔުނައިޓެޑް ވިކްޓްރީގެ ހަތަރު ކުޅުންތެރިންނާ ގްރީން އަދި ވެލެންސިޔާ މިއިން ކޮންމެ ޓީމަކުން ދެ ކުޅުންޔތެރިންގެ އިތުރުން ޓީސީގެ ކުޅުންތެރިއެކެވެ. 

ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން 

1- ސަމޫހް އަލީ - މާޒިޔާ

2- އަހްމަދު ނޫމާން - މާޒިޔާ

3- ހުސެއިން ޝިފާއު - މާޒިޔާ

4- އިބްރާހީމް އައިސަމް - މާޒިޔާ

5- ހައިޝަމް ހަސަން - މާޒިޔާ

6- ހަސަން ރާއިފް - މާޒިޔާ

7- ހުސެއިން ނިހާން - މާޒިޔާ

8- ހަސަން ޝިފާޒް - މާޒިޔާ

9- ހަމްޒާ މުހައްމަދު - މާޒިޔާ

10- ހުސެއިން ޝަރީފް - މާޒިޔާ

11- ނާއިޒް ހަސަން - މާޒިޔާ

12- މުހައްމަދު އިރުފާން - މާޒިޔާ

13- އަލީ ފާސިރު - މާޒިޔާ

14- މުހައްމަދު ފައިސަލް - މާޒިޔާ

15- ހަސަން ނަޒީމް - މާޒިޔާ

16- އިބްރާހީމް މަހުދީ - އީގަލްސް

17- މުހައްމަދު ޝަފީއު - އީގަލްސް

18- ނިޝާމް މުހައްމަދު ރަޝީދު - އީގަލްސް

19- އަހްމަދު ހަސަން - އީގަލްސް

20- ހުމައިދު ހުސެއިން - އީގަލްސް

21- އަހްމަދު ރިޒްވާން - އީގަލްސް

22- މުހައްމަދު ޝަހާއު - ސުޕަރ ޔުނައިޓެޑް

23- އަހްމަދު އައިހަމް - ސުޕަރ ޔުނައިޓެޑް

24- މުހައްމަދު ނިޒާމް - ސުޕަރ ޔުނައިޓެޑް

25- ވިޝާހް އަބްދުލް މަޖީދު - ސުޕަރ ޔުނައިޓެޑް

26- އަހްނަފް ރަޝީދު - ސުޕަރ ޔުނައިޓެޑް

27- އިބްރާހީމް އުސާމާ - ބުރު ސްޕޯޓްސް

28- މުހައްމަދު ނާއިމް - ބުރު ސްޕޯޓްސް

29- ޝައިހާން އަލީ - ބުރު ސްޕޯޓްސް

30- މުހައްމަދު ސާއިފް - ބުރު ސްޕޯޓްސް

31- ފާރޫޤު އިސްމާއީލް - ބުރު ސްޕޯޓްސް

32- އަހްމަދު ބައްސާމް - ޔުނައިޓެޑް ވިކްޓްރީ

33- އަލީ ނާޖިހު - ޔުނައިޓެޑް ވިކްޓްރީ 

34- ޝިފާން ހަސަން - ޔުނައިޓެޑް ވިކްޓްރީ

35- ޝަނާން ރަޝީދު - ޔުނައިޓެޑް ވިކްޓްރީ

36- އަންސަރު އިބްރާހީމް - ގްރީން ސްޓްރީޓްސް

37- މުހައްމަދު ޖައިލަމް - ގްރީން ސްޓްރީޓްސް

38- އިބްރާހީމް ވަހީދު ހަސަން - ވެލެންސިޔާ

39- އަބްދުﷲ ޔާމީން - ވެލެންސިޔާ

40- އަހްމަދު މާއިޝް ރަޝީދު - ޓީސީ ސްޕޯޓްސް

ސާފް ޗެމްޕިއަންޝިޕަށް ނެގި ޕްރިލިމިނަރީ ސްކޮޑުގައި ދަގަނޑޭ ހިމެނިފައިނުވާއިރު، މިދިޔަ މަރިޗު މަހު ޕާކިސްތާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަކީ ދަގަނޑޭ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނު މެޗެވެ. 

 

0%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް