ads
މާލޭ ހައިގެ ފަރާތުން މައްސަލަ ހުށަހެޅުއްވި އިބްރާހީމް އިސްމާއިލް
އިބްރާގެ މައްސަލައިގައި ދައުލަތާ ދެކޮޅަށް އަމުރެއް
ދިވެހިރާއްޖޭގައި ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމާ ގުޅޭ ގޮތުން މަންދު ކޮލެޖުގެ ވެރިޔާ އިބްރާހީމް އިސްމާއިލް – އިބްރާ، ދައުލަތާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި ދައުލަތާ ދެކޮޅަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
Advertisement

ދައުލަތާ ދެކޮޅަށް އިބްރާ ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކީ، ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަނުން ހަދާ ގެޒެޓް ކޮށްފައިވާ ދިވެހިރާއްޖޭގައި ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދުގެ ބައެއް މާއްދާތަކަކީ ގާނޫނުއަސާސީއިން ގަވާއިދު ހެދުމަށް ދައުލަތުގެ އިދާރާތަކަށް ދީފައިވާ ބާރުގެ ބޭރުން، ހަދާފައިވާ ގަވައިދުތަކެއް ކަމަށް ބުނެ ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ. 

މި މައްސަލައިގެ އަޑު އެހުންތައް މި ހަފްތާގައި ކޯޓުގައިވަނީ ފެށިފައެވެ. ކޯޓުގައި މަންދު ކޮލެޖުގެ ފަރާތުން ވަކާލާތު ކުރައްވަނީ އިބްރާ އަމިއްލައަށެވެ.

މި މައްސަލައިގައި މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވަނީ އެ ފަރާތުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން އެ ގަވައިދުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރަކަށެވެ.

މި މައްސަލަ ބައްލަވާ ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން އަމުރުކޮށްފައިވަނީ ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން، އަލުން ރަޖިސްޓްރީ ނުކުރުން އެއީ ސަބަބަކަށް ބަލައިގެން މަންދު ކޮލެޖް އުވާލައިގެންނުވާނެ ކަމަށާއި، ދައުލަތުގެ އެންމެހާ އިދާރާތަކުން އެހެންވެސް މަތީ ތައުލީމްދޭ މަރުކަޒުތަކަށް ދެމުން ގެންދާ ހިދުމަތްތަކާއި ފުރުސަތުތައް މަންދު ކޮލެޖަށްވެސް ތަފާތު ކުރުމެއް ނެތި މިހާރެކޭވެސް އެއްގޮތަށް ދެމުން ގެންދިއުމަށާއި، މަންދު ކޮލެޖް ހިންގުމަށް މިހާތަނަށް ދީފައިވާ އެއްވެސް ހުއްދައެއް މި ހިނދަށް ބާތިލްނުކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުގެ މައްޗަށް އަންގާއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް