ads
ކްރިމިނަލް ކޯޓުގެ މައި ދޮރާށި
އިންޑިޔާ މީހަކު ވަގަށް އެތެރެކުރި ރަން އަނެއްކާވެސް ދައުލަތަށް ނަގައިފި
އިންޑިޔާ މީހަކު ރާއްޖެއަށް ވަގަށް އެތެރެކުރި ރަން ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން އަނެއްކާވެސް އަމުރުކޮށްފިއެވެ.
Advertisement

އިންޑިޔާ މީހަކު ވަގަށް ރާއްޖެ އެތެރެކުރި ބައިކިލޯއަށް ވުރެ ކުޑަ ތަންކޮޅެއް މަދު ރަން، ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން އަމުރުކުރީ އަންގާރަ ދުވަހުއެވެ. މިއީ މި އަހަރުގެ މާރިޗު މަހު ރާއްޖެއަށް އެތެރެ ކުރަން މަސައްކަތް ކުރި ރަނެވެ.

ސުބައިރު ޕަރަންމަލް ކިޔާ މި އިންޑިޔާ މީހާ މަސައްކަތް ކުރީ ހަށިގަނޑުގައި ފޮރުވައިގެން އެ ރަން ރާއްޖެ އެތެރެ ކުރާށެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ދައުވާއެވެ. މި މައްސަލައިގައި އޭނާ އެތެރެ ކުރި ރަން ދައުލަތަށް ނެގުމުގެ އިތުރުން އޭނާ 60000 ރުފިޔާއިން ޖޫރިމަނާކުރަން ކޯޓުން ހުކުމް ކުރިއެވެ.

މިދިޔަ ޖުލައި މަހު ރާއްޖެއަށް ވަގަށް އެތެރެކުރި 2 ބްލެޓުގެ ރަނުގެ މައްސަލައިގައިވެސް އިންޑިޔާ މީހެއްގެ މައްޗަށް ހުކުމެއް ކޮށް އެ ރަން ދައުލަތަށް ނެގިއެވެ. އެ ހާދިސާގައިވެސް އިންޑިޔާ މީހަކު ރާއްޖެއަށް ރަން އެތެރެކުރީ ހަށިގަނޑުގައި ފޮރުވައިގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް