 
                                                                                                
                    މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިއަދު މެންދުރުފަހު ވަދެ ފާސްކޮށްފައިވަނީ ހުޅުމާލެ އެފްޑަބްލިއު ރެސިޑެންސްގެ 13 ވަނަ ފަންގިފިލާގައި ހުންނަ މަންޑޭގެ އެޕާޓްމަންޓެކެވެ.
މިއަދު ހެނދުނު ފުލުހުން ވަނީ ހުޅުމާލޭ އަމީން އެވެނިއުގައި ހުންނަ މަންޑޭގެ އެޕާޓްމަންޓަކަށް ވަދެ އެތަންވެސް ފާސްކޮށްފައެވެ.
ފުލުހުން މިއަދު ބުނީ ކޭ ޕާކް މައްސަލާގައި ތުހުމަތު ކުރެވޭ މީހުނާ ގުޅުންހުރި ބައެއް ތަންތަން ފުލުހުން ބަލާފާސްކުރަމުން ގެންދާ ކަމަށެވެ.
ހާންބޯ ކުންފުނިން މީގެ ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޭޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭންގި މަންޑޭ އަމިއްލައަށް ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާކަމަށެވެ.