ads
ދިޕިކާ އަދި އުރުވާށީ
އުރުވާށީ ވެސް ދިޕިކާ ކޮޕީކުރަނީ
ބޮލީވުޑުގެ ތަރި އުރުވާށީ ވެސް ދިޕިކާ ކޮޕީކުރާކަމަށް ބައެއް މީހުން ބުނަން ފަށައިފިއެވެ.
Advertisement

މިހެން ބުނަން ފަށާފައިވަނީ، ކާންސް ފިލްމް ފެސްޓިވަލް 76 ވަނަ އެޑިޝަނަކާ އަށްފަހުއެވެ އެވެ.

އެންމެ އިންތިޒާރު ކުރި ބައިނަލްއަގްވާމީ ފިލްމު ފެސްޓިވަލް ފެށުނީ 16 މެއި 2023 ގައެވެ.  ކަމަށާއި، މި ފެސްޓިވަލް ކުރިއަށްދާނީ 27 މެއި 2023 އާ ހަމައަށެވެ. އިންޑިއާގެ މަޝްހޫރު ބައެއް ފަރާތްތަކުން މި ހަފްލާގައި ބައިވެރިވިއެވެ. 

ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ އަނުޝްކާ ޝަރްމާ، ސާރާ އަލީ ހާން، އަދި މަނޫޝީ ޗިލާރް ފަދަ ތަރިން ފުރަތަމަ ފަހަރަށް ރެޑް ކާޕެޓްގައި ހިނގާލާނެ އެވެ. އުރުވާޝީ ރައުޓެލާ މި އަހަރު އަނެއްކާވެސް މިވަނީ ބަޔަކު އުންމީދުކުރި ކާންސް ފިލްމް ފެސްޓިވަލް ޝަރަފުވެރިކޮށްދީފި އެވެ.

އެންމެ ގިނަބަޔަކަށް އަޅައިގަތީ އުރުވާށީގެ ހެދުމާއެވެ. އަދި އޭގެ ފަހުން ކިޔަންފަށީ ފާޑެވެ. ސަބަބަކީ އޭނާލީ ހެދުމަކީ ދިޕިކާ ޕަދުކޯން އިންސްޕަޔާޑު ސްޓައިލެއްކަމަށް ގިނަބަޔަކަށް ހީވުމުންވެ. 

 އޭނާގެ ހެދުމުން ވަގުތުން ހަނދާން ކޮށްދިނީ ކާންސް 2019 ގައި ދިޕިކާ ލައިގެން ހުރި ފެހި ޓޫލް ހެދުމާއެކެވެ. 

އޭނާގެ ހެދުމުގައި ހުރީ ހައި ނެކް ފުލް ސްލީވްސް އާއި އުރުވާޝީ ރައުޓެލާގެ އައުޓްފިޓް އާއި އެއްގޮތް ލެވެލްއެއްގެ ޓިއާސް އާއި އެކު ދިގު ފްލޯ ލެންގް ރަފްލް އެކެވެ. ސޯޝަލް މީޑިއާގައި ތިބި މީހުންނަށް އުރުވާޝީ ރައުޓެލާގެ ޕިންކް ޓޫލް ހެދުމެއް ފެނުމުން ދީޕިކާ ޕަދުކޯންގެ މަތިން ހަނދާން ކުރަން އަވަސްވެގަތެވެ.

ފުރަތަމަ ދުވަހު އުރުވާޝީ ރައުޓެލާ އިންޑިއާގެ އެހެން މަޝްހޫރު ފަރާތްތަކާ އެކު އައިސް ދެވަނަ ފަހަރަށް ރެޑް ކާޕެޓްގައި ހިނގާފައި ދިޔަ އެވެ. އެ އިވެންޓުގައި އޭނާ ވަނީ ޕިންކް ކުލައެއްގެ ސްޕްލެޝްއެއް އިތުރުކޮށްފަ އެވެ. އޭނާ ހިޔާރުކުރީ ފްރިލްސްގެ އެތައް ފަށަލައެއް ޖަހާފައިވާ ބަބަލްގަމް ޕިންކް ޓޫލް ހެދުމެކެވެ. އޭނާގެ ގައުންގައި ވޮލިއުމިނަސް ރަފްލްސް ތަކެއް ހުރުމުން އޭނާ ފެންނަނީ ޑިޒްނީ ޕްރިންސެސް އަކަށް ވުރެ ކުޑައެއް ނޫނެވެ. އޭނާ ޖޯޑުކޮށްފައި ވަނީ ގުޅިފައިވާ އެލިގޭޓަރުގެ ނެކްޕީސް އެއް ކަމަށާއި އެކަމުގެ ސަބަބުން ސަމާލުކަން ލިބުނު ކަމަށެވެ. އޭނާ ލައިގެން ހުރީ ކަރުގައި އަޅާފައި ހުންނަ ހޫޕްތަކެކެވެ. އޭނާގެ އެންސެމްބަލް ފުރިހަމަ ކުރުމަށްޓަކައި އޭނާ ދިޔައީ ސްލީކް ހައި ބުން އަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް