ads
ދީމާ
އިންޑިޔާ މުބާރާތުން ދީމާއަށް ލޯ މެޑެލް
އިންޑިއާގައި އޮތް ސައުތު އޭޝިއަން ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ، ސިންގަލްސް އިވެންޓުން ލޯ މެޑަލް ހޯދައިފި އެވެ.

ސައުތު އޭޝިއަން ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް އޮތީ އިންޑިޔާގެ އަރުނަޗާލް ޕްރަދޭޝް ސްޓޭޓްގެ ވެރިރަށް އިޓާނަގަރުގައެވެ. މި މުބާރާތުގެ ޖޫނިއާ 19 އަހަރުން ދަށުގެ ބައިން ދީމާ ސެމީ ފައިނަލުން ބަލިވީ އިންޑިއާގެ ސައިނީ ސުހާނާ އަތުންނެވެ. 

ދީމާ ސެމީ އަށް ދިޔައީ އަވައްޓެރި ލަންކާގެ ކުލައްޕުވަވަޑޫ ލެސާނީއާ ބަލިކޮށްފަ އެވެ. ތިންވަނަ ހޮވަން ވަކި މެޗެއް ނުކުޅޭތީ، ދެވަނަ ސެމީ އިން ބަލިވި ބަންގްލަދޭޝްގެ ސައި ކޯއީ މަރުމާ އަށް ވެސް ލޯ މެޑަލް ލިބުނެވެ.

މި މުބާރާތުގައި ރާއްޖޭން ވަނީ މުޅި އެކު އަށް މެޑަލް ހޯދައިފަ އެވެ. ސިންގަލްސް އިވެންޓުން ހޯދި ލޯ މެޑަލްގެ އިތުރުން، ޖޫނިއާ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ވެސް ލޯ މެޑަލް ހޯދި އެވެ. 

ޖޫނިއާ ފިރިހެން ޑަބަލްސް އިވެންޓާއި ކެޑޭޓް އަންހެން އަދި ފިރިހެން ޑަބަލްސް އިވެންޓުން ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. އަދި ޖޫނިއާ މިކްސްޑް ޑަބަލްސް އާއި ޖޫނިއާ އަންހެން ޑަބަލްސް އިވެންޓުން ވަނީ ރިހި މެޑަލް ހޯދި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް