ހަބަރު /

ސިއްހީ ހިދުމަތްދޭ ތަންތަނަށް ހަދިޔާކުރި ތަނެތި
15 އަތޮޅަކަށް ސިއްހީ ސާމާނު 13 އަހަރު ފަހުން
18 މޭ 2023 - 08:39:59
ސިއްހީ ހިދުމަތުގައި ގެންގުޅޭ ބައެއް ތަކެތި ނުފޮނުވާތާ 13 ވަރަކަށް އަހަރު ފަހުން ރާއްޖޭގެ 15 އަތޮޅެއްގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ތަކެތި ހަދިޔާކޮށްފި އެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން ސަރޖިކަލް އިންސްޓްރޫމަންޓް ހަދިޔާކުރި 15 ތަނުގެ ތަނަކީ:
- ހއ. އަތޮޅު ހޮސްޕިޓަލް
- ށ. އަތޮޅު ހޮސްޕިޓަލް
- ނ. އަތޮޅު ހޮސްޕިޓަލް
- ބ. އަތޮޅު ހޮސްޕިޓަލް
- ޅ. އަތޮޅު ހޮސްޕިޓަލް
- ކ. ތުލުސްދޫ ހޮސްޕިޓަލް
- އއ. އަތޮޅު ހޮސްޕިޓަލް
- އދ. އަތޮޅު ހޮސްޕިޓަލް
- ވ. އަތޮޅު ހޮސްޕިޓަލް
- މ. މުލީ ރީޖަނަލް ހޮސްޕިޓަލް
- ފ. އަތޮޅު ހޮސްޕިޓަލް
- ދ. އަތޮޅު ހޮސްޕިޓަލް
- ތ. އަތޮޅު ހޮސްޕިޓަލް
- ގއ. އަތޮޅު ހޮސްޕިޓަލް
- ފުވައްމުލައް ސިޓީގެ ހޮސްޕިޓަލް
ހެލްތު މިނިސްޓްރީން ބުނީ މި އަތޮޅުތަކުގައި މިހާރު ހުރި ތަކެއްޗަކީ މީގެ 13 ވަރަކަށް އަހަރު ކުރިން އެ އަތޮޅުތަކަށް ފޮނުވާފައިވާ ތަކެތިކަމުން އެތަކެތި ހުރީ ވަރަށް ބާވެ ހަލާކުވެފައިކަމަށެވެ.
އއްޔެ ހަވާލު ކުރެވުނު ތަކެތީގެ ސަބަބުން ކުރިއަތް އޮތް 5 އަހަރު އެއްވެސް ދަތިކަމެއް ނެތި ހިދުމަތް ދެވޭނެކަމަށް ވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.
ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް އިއްޔެ ހަދިޔާކުރި ތަކެތީގެ ތެރޭގައި ޑްރެސިން ސެޓް، ބޭބީ ސެޓް، ޑެލިވަރީ ސެޓް، ޝޭޗާ ސެޓް، އިންސިސަން އެންޑް ޑްރެއިނޭޖް ސެޓް، އަދި އާރޓިކަލް ފޯ ޑްރެސީން ރޫމް ސެޓް ހިމެނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް