ads
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދު. -- ފޮޓޯ: ރައީސް އޮފީސް
ފެނަކައިން ދޭން ޖެހޭ ފައިސާ ދިނުން ލަސްވާތީ ގަރާރެއް
ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ފެނަކައިން ކުދި ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ދިނުން ލަސްވާތީ މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސް މިއަދު މަޖިލީހުގައި ފަށައިފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ފެށި މި ގަރާރަކީ އޭޕްރީލް 17، 2023 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި ގަރާރެކެވެ. މި ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. 

ގަރާރުގެ ބަހުސްގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ފެނަކައިން ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށް ގާތް ގަނޑަކަށް 2.8 ބިލިއަން ރުފިޔާގެ ފައިސާ ދޭން ޖެހިފައިވާ ކަމަށެވެ. އަދި މި ގަރާރު މަޖިލީހަށް ހުށަހެޅީ ވަރަށް ގިނަ ފަރާތްތަކުން އެކަމުގެ ޝަކުވާ ކުރަމުން ދިޔުމާއި ގުޅިގެން ކަމަށްވެސް ޝަރީފްވަނީ ވިދާޅުވެފަ އެވެ. 

އާދަމް ޝަރީފް ވަނީ ރާއްޖޭގައި މިހާރު ވަރަށް ގިނަ ކުދި ވިޔަފާރިތައް ހުރިކަން ފާހަގަ ކުރައްވާފަ އެވެ. އަދި ފެނަކައިން ފައިސާ ނުދިނުމުގެ ސަބަބުން އެފަދަ ކުންފުނިތަކަށް ގެއްލުން ވާކަމަށްވެސް ވިދާޅުވެފައިވެ އެވެ. 

"އެ ވިޔަފާރިތަކުގެ ހާލަތު އިތުރަށް ދަށަށްގޮސް އެމީހުންނަށް މުސާރަ ނުދެވި އަދި ބައެއް ކުންފުނިތަކުން ކުށްޔަށް ހިފާފަހުރި ތަންތަނަށް ފައިސާ ނުދެއްކި، މި ކަހަލަ ވަރަށް ބޮޑެތި ގޮންޖެހުންތައް އެ ވިޔަފާރިތަކަށްވެސް ފެނަކައިން ފައިސާ ނުދިނުމުގެ ސަބަބުން ނުވަތަ ފައިސާ ދޫނުކުރުމުގެ ސަބަބުން އެބަ ކުރިމަތިވޭ." - އާދަމް ޝަރީފް

މީގެ އިތުރުން ފެނަކައިން ދޭން ޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން މީގެ ކުރިން ބައެއް ވިޔަފާރިވެރިން ފެނަކައިގެ މައި އޮފީސް ދޮރުމަތީ މުޒާހަރާ ކުރިކަން ޝަރީފް ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ބައެއް ފަރާތްތަކުން ފައިސާ ހޯދުމަށް ޝަރީއަތާއި ހަމައަށްވެސް ގޮސްފައިވާކަމަށް ޝަރީފް ވިދާޅުވި އެވެ. 

ކުންފުންޏެއްގެ ކަންކަން މިހާ ހިސާބަށް ދާއިރު އެ ކުންފުނީގެ ހިންގުން އޮތީ ކިހިނެއްކަމާއި އެތަނުގެ މާލީ ހާލަތު އޮތީ ކިހާވަރަކަށްކަން ބަލަން ޖެހޭ ކަމަށެވެ. 

ފެނަކައިން ކުދި ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ދިނުން ލަސްވާތީ މަޖިލީހަށް ހުށަހެޅި ގަރާރަށް މިއަދު ބަހުސް ކުރަން ފަށާފައިވާއިރު ބައެއް މެންބަރުން އަންނަނީ ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުގައިވެސް މި މައްސަލަ އޮތް ކަމަށް ބުނަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް