ads
އީގަލްސްގެ ރިޒޭ - ފޮޓޯ އެފްއޭއެމް
އީގަލްސް ނުކުންނާނީ ޓީސީ ބަލިކުރަން، ފަސޭހައެއް ނުވާނެ
ދިވެހި ލީގުގައި މިއަދު ހަވީރު ކުޅޭ މެޗު ފަސޭހަ ނުވާނެ ކަމަށާއި އެހެންނަމަވެސް ބޭނުންވަނީ ޓީސީ ބަލިކުރަން ކަމަށް އީގަލްސްއިން ބުނެފިއެވެ.

ލީގުގައި މިއަދާ މާދަމާ ކުޅޭ މެޗުތަކަށް ފަހު ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ލީގު މެދު ކަނޑާލާނެއެވެ. މިހާތަނަށް އައިއިރު، ލީގުގައި ކޮންމެ ޓީމަކުން ދެމެޗު ކުޅެފައިވާއިރު، އީގަލްސްއަކީ ދެ މެޗުން މޮޅުވި ތިން ޓީމުގެ ތެރެއިން އެއް ޓީމެވެ. ދެ މެޗުން ދެން މޮޅުވީ މާޒިޔާއާ ސަސްއެވެ. ޓީސީވަނީ އެއް މެޗުން މޮޅުވެ އެއް މެޗުން ބަލިވެފައެވެ.

މިއަދު ހަވީރު ކުޅޭ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އީގަލްސްގެ އެސިސްޓަންޓް ކޯޗު މުއާވިޔަތު އިލްހާމް (އިއްލެ) ބުނީ ޓީސީ މެޗަށް ވިސްނާއިރު ފަސޭހަނުވާނެކަން ވެސް އެނގޭ ކަމަށެވެ.

އީގަލްސް އަބަދުވެސް ނުކުންނާނީ ކޮންމެ މެޗަކުން ވެސް ތިން ޕޮއިންޓް ހޯދަން. އެ އަޒުމުގައި ޓީސީ މެޗަށް ވެސް ނުކުންނާނީ. އީގަލްސް އެއްވެސް މެޗެއް ފަސޭހަކޮށް ނުގަނާނެ. ހާއްސަކޮށް ޓީސީ މެޗަށް ވިސްނާއިރު ފަސޭހަނުވާނެކަން ވެސް އެނގޭ. ދެން މި މަސައްކަތް ކުރަނީ މޮޅުވާނެ ފޯމިއުލާއެއް ނެރެން، ޓީސީއާ ދެކޮޅަށް ނުކުންނައިރު، އެބަހުރި އަނިޔާގެ މައްސަލަތަކެއް އީގަލްސް އަށް. ގާތްގާތުގައި މިހެން މެޗުތައް ކުޅެން ޖެހޭތީ އެކަމުން އަރައިނުގަނެވިގެން މި އުޅެނީ

އަނެއްކޮޅުން އީގަލްސްއާ ދެކޮޅަށް މިއަދު ނުކުންނަ ޓީސީ އަށް އެންމެ ބޮޑު ޗެލެންޖަކީ ގޯލު ޖަހަން ލިބޭ ބޯޅަތަކުގެ ބޭނުން ނުހިފުން ކަމަށް ޓީސީންވަނީ ބުނެފައެވެ. ލީގުގެ ދެ މެޗުން ޖެހުނީ ދެ ލަނޑެވެ. އެންމެ ފަހުން ޓީސީ ކުޅުނު މެޗުން ބުރު އަތުން ބަލިވީ ފަހު ވަގުތު ގޯލެއް ވަދެގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް