ads
އެމްޕީ ރޮޒައިނާ އާދަމް..
ނަން އިއްވީ ގޯސްކޮށް، ނޫންނަމަ ނިކުތީސް: ރޮޒައިނާ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާގެ ނަން އިއްވާފައިވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި އޭނާގެ ނަން އިއްވާފައިވަނީ ގަވައިދާ ހިލާފަށް ކަމަށާއި ގަވައިދާ ހިލާފް އަމުރަކަށް ކިޔަމަން ވާން ނުޖެހޭނެ ކަމަށެވެ.

"މަޖިލީހުގެ ރައީސް މިއަދު މަޖިލީހުގަ އަޅުގަނޑުގެ ނަން އިއްވެވީ ގަވައިދާ ހިލާފަށް. ގަވައިދާ ހިލާފް އަމުރަކަށް އަޅުގަނޑު ކިޔަމަންވާކަށް ނުޖެހޭ. އަދި މަޖިލީހުގެ ސްޓާފުންވެސް ކިޔަމަންވާކަށް ނުޖެހޭ." - ރޮޒައިނާ

ރޮޒައިނާ ވިދާޅުވީ ނަން އިއްވަން އޮންނަ އުސޫލުން ނަން އިއްވެވިނަމަ މަޖިލީހުން ނިކުމެވަޑައިގަތީސް ކަމަށެވެ. 

މީގެ އިތުރުން ރޮޒައިނާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް ފުރަތަމަ ނަސޭހަތްތެރިވެ ވަޑައިގަތް ހިސާބުން އެއްވެސް އެއްޗެއް ނުބުނާ ކަމަށެވެ. އަދި ނަން އިއްވެވީ ގޯސްކޮށްކަމަށް މަޖިލީހުގެ އެސްޖީވެސް ވިދާޅުވިކަމަށް ރޮޒައިނާ ވިދާޅުވި އެވެ. 

"އެވާހަކަ ރައީސް އަރިހުގަ ވިދާޅުވީމަ ފަހުން ގަދަކަމުން ނުނެރެން ނިންމެވީ. އެވަރުންވެސް ތިމަންނައަށް އަމަލު ކުރެއްވުނީ ގަވައިދާ ހިލާފަށްކަމަށް އެއްބަހެއް ނުވި." - ރޮޒައިނާ

ރޮޒައިނާގެ ނަން އިއްވުމުން އޭނާ ވަނީ މަޖިލީހުގައި ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފަ އެވެ. އަދި "ލަޑާނަން މިތަނަށް އައިއްސިއްޔާ ގައިގަ އަތްލަން" ވިދާޅުވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް