ads
އެމްޑީޕީން މެނިފެސްޓޯ ތައްޔާރު ކުރުމަށް ކުރަމުންދާ ދަތުރުގެ ބައެއް ބައިވެރިން. -- ފޮޓޯ: އެމްޑީޕީ
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ކުރިން އެމްޑީޕީން ހުރިހާ ރަށަކަށް ދަނީ
ރިޔާސީ އިންތިހާބު 2023 ގެ ކެމްޕޭނަށް ބޭނުންވާ މެނިފެސްޓޯ ތައްޔާރު ކުރުމަށް އެމްޑީޕީން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރަން ފަށައިފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީން ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތު އެއް ކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ޕާޓީގެ ގާތްގަނޑަކަށް އެހާސް މެންބަރުން ހަރަކާތްތެރި ވާނެ ކަމަށެވެ. 

އެ ޕާޓީން ބުނީ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތު އެއް ކުރުމުގެ އިތުރުން ޕާޓީއަށް އިތުރު މެންބަރުން ހޯދުމާއި ޕާޓީގެ އެހެން ހަރަކާތްތަކުގައިވެސް މެންބަރުން ބައިވެރިވާނެ ކަމަށެވެ. 

މާދަމާ ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ ދިދަ ނެގުމުގެ އިތުރުން ދޮރުން ދޮރަށް ޕްރޮގްރާމެއްވެސް އޮންނާނެ ކަމަށް ޕާޓީން މައުލޫމާތުދެ އެވެ. 

މިއަދުގެ މަޖިލިސް ޖަލްސާއަށްފަހު އެމްޑީޕީގެ މަޖިލިސް މެންބަރުންވެސް މި ދަތުރުތަކުގައި ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެ އެވެ. އެގޮތުން އެ މެންބަރުން ހަރަކާތްތެރި ވާނީ އެ މެންބަރެއްގެ ދާއިރާގަ އެވެ. 

އެމްޑީޕީން ބުނީ ކުރިއަށް އޮތް ތިން ދުވަހު އެމްޑީޕީގެ ވަރަށް ވަރުގަދަ ހަރަކާތްތަކެއް ރާއްްޖޭގެ ހުރިހާ ސަރަހައްދަކުން ފެންނާނެ ކަމަށެވެ. 

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ މި ދަތުރުގެ މައިގަނޑު މަގުުސަދަކީ ކުރިއަށް ރިޔާސީ އިންތިހާބަށް ތައްޔާރުވުން ކަމަށެވެ.

އެމްޑީޕީގެ މިދަތުރުގައި ގާތްގަނޑަކަށް 400 މެންބަރުން ރަށްރަށަށް ފުރާ އިރު އެކި ރަށްރަށުން 600 އެއްހާ މެންބަރުން މި ވަފުދުތަކާއި ގުޅޭނެ ކަމަށް އެ ޕާޓީން ބުނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް