ވޯރލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕް އޮންނާނީ ޖަޕާނުގެ ފުކުއޮކާގައި އަންނަ ޖުލައި މަހުއެވެ. ޖަޕާނުގެ ފުކުއޮކާގައި އޮންނަ ވޯރލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލް ކުރާ ފެތުން ތެރިން ހޮވީ، ފެތުންތެރިން ހޮވުމަށް ބޭއްވުނު ޓްރަޔަލް އަކުންނެވެ.
ފެތުންތެރިން ހޮވުމަށް ބޭއްވުނު ޓްރަޔަލްގެ ނަތީޖާއަށްބަލައި، މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލް ކުރުމަށް ހޮވިފައިވަނީ، މިރާލް އައިން ލަތީފް، ހަމްނާ އަހްމަދު، އަލީ އިމްއާން އަދި މުހައްމަދު ރިހާން ޝިހާމް އެވެ.
ވޯރލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް ކުރިއަށްދާނީ 2023 ވަނަ އަހަރުގެ ޖުލައިމަހުގެ 14 ން 30 ގެ ނިޔަލަށެވެ.