ads
އެމެރިކާ ފުލުހުންގެ އޮޕަރޭޝަނެއްގެ ތެެރެއިން
މާބަނޑު އަންހެނުން ލައްވާ ހަށިވިއްކުވި ދެ މީހުން ހައްޔަރުކޮށްފި
އެމެރިކާގެ ބޮސާ ރެޓަންގައި މާބަނޑު އަންހެނުން ބޭނުންކޮށްގެން ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ނެޓްވޯކެއް އަތުލައިގަނެ އޭގެތެރެއިން އިސްކޮށްތިބި ދެ ފިރިހެނުން ހައްޔަރުކޮށްފި އެވެ.

މިމީހުން ހައްޔަރުކުރީ މަޖުބޫރު ކުރުވައިގެން ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެގައި ގެންގުޅުނު މާބަނޑު އަންހެނަކު އެކަން އެންމެފަހުން ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.

މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 47 އަހަރުގެ ޖެރެމީ ޑެބްނޭއާއި 50 އަހަރުގެ ރިކީ ފަރުގިއާއެވެ. މިމީހުން ހައްޔަރުކޮށް ފުލުހުން އާއްމުކުރި ބަޔާނުގައި ބުނެފައިނީ އެމީހުން ހައްޔަރުކޮށް ބެލިއިރު އެމީހުންގެ ނެޓްވޯކްގައި ބިރުދައްކައިގެން މާބަނޑު އިތުރު އަންހެނުން ބައިވެރި ކުރުވާފައިވާ ކަމަށެވެ.

މިމައްސަލަ ފެންމަތި ކުރުވި އަންހެން މީހާއަކީ ތިން ކުދިންގެ މަންމައެއްކަމަށާއި އޭނާ ހަށިވިއްކުމުގެ ތެރެއަށް ވެއްދީ ބިރުދައްކާ އަނިޔާކޮށްގެން ކަމަށް ފުލުހުން ބުނެއެވެ.

އެމީހުންގެ މައްޗަށް މިހާރު ވަނީ ހަށިވިއްކުމާއި ހިއުމަންޓްރެފިކިންނާއި ބިރުދެއްކުމާއި ކިޑްނޭޕް ކުރުމުގެ ދަުވަތައް އުފުލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް