ads
ކްލަބު ވެލެންސިޔާ
ސީޒަންގައި ވެލެންސިޔާގެ ފަސްވަނަ ބަލި، އަދި ލަނޑެއްވެސް ނުޖެހޭ
ދިވެހި ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ބުރު އަތުން ބަލިވެ، ސީޒަންގައި މިހާތަނަށް ފަސްވަނަ މެޗުން ވެލެންސިޔާ ބަލިވެއްޖެއެވެ.

ވެލެންސިޔާ ބުރާސްފަތި ދުވަހުގެ ރޭ ލީގުގައި ބުރު އަތުން ބަލިވީ ދެ ލަނޑު ސުން ލަނޑުންނެވެ. މިއީ ލީގުގައި ވެލެންސިޔާ ކުޅުނު ތިންވަނަ މެޗެވެ. ތިން މެޗުންވެސްވީ ބައްޔެވެ. 

ލީގުގެ ކުރިން ކުޅުނު ޕްރެޒިޑެންޓްސް ކަޕުގައި ކުޅުނު ދެ މެޗުންވެސް ވެލެންސިޔާވީ ބައްޔެވެ. މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު، ފަސް މެޗުންވެސް ވެލެންސިޔާވަނި ބަލިވެފައެވެ. ފަސް މެޗުން ބަލިވިއިރު ލަނޑެއްވެސް އަދި ނުޖެހެއެވެ.

ވެލެންސިއާ އިން މި ފަހަރުގެ ސީޒަނާ ކުރިމަތިލީ ގިނަ އަދަދެއްގެ ޔޫތު ކުޅުންތެރިން ހިމެނޭ ގޮތުން ހަދާފައިވާ ޓިމެވެ. ވެލެންސިއާއަށް މި ސީޒަންގައި 14 އަހަރުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އިރު، ޓީމާ ގުޅުނު ތަޖުރިބާކާރު ކުޅުންތެރިންނަށް ކުޅެވޭ ގޮތް ނުވެފައިވަނީ ކުރިން ކުޅުނު ކުޅުންތެރިންގެ މުސާރަ މައްސަލަތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކެއްގެ ސަބަބުންނެވެ.

ލީގުގައި ތިންވަނަ މެޗުންވެސް ވެލެންސިޔާ ބަލިވެފައިވާއިރު، މިހާރު ކުރިއަށްދާ އޯލެވެލް އިމްތިހާނާއި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ކުލަބު ވެލެންސިއާ އަށް ކުޅޭ ގިނަ ކުދިންތަކެއް ބައިވެރިވާތީ އެކަމުގެ ސަބަބުން ޓީމަށް ޕްރެކްޓިސްތައް ކުރިއަށް ގެންދިޔުމުގައި އުނދަގޫތަކެއް ހުރި ކަމަށް ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) މެޗުގެ ކުރިންވެސްވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް