
ވެމްކޯ ކުޅުންތެރިން
އެމްއެންޑީއެފް ކިބައިން ބަދަލު ހިފައި ވެމްކޯ ފައިނަލަށް
ސްޕޯޓްސް ޓީމް
19 މޭ 2023 - 13:31:45
އިންޓަ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ވެމްކޯއިން ހޯދައިފިއެވެ.
ވެމްކޯ ފައިނަލަށް ދިޔައީ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ފަހު ސެމީގައި އެމްއެންޑީއެފް ބަލިކޮށްގެނެވެ. އެމްއެންޑީއެފްގެ މައްޗަށް ވެމްކޯއިން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. ވެމްކޯ މޮޅުވީ 25-21، 25-15 އަދި 25-21 އިންނެވެ.
ވެމްކޯ އިން ފައިނަލާ ހަމައަށް ކުރި ދަތުރުގައި ބަލިވެފައިވަނީ ގްރޫޕް ސްޓޭޖުގައި ހަމައެކަނި ސިފައިން އަތުންނެވެ. އޭގެ ބަދަލު ވެމްކޯއިން މި ހިފީ ފަހު ސެމީގައެވެ.
ފައިނަލުގައި ވެމްކޯ ނުކުންނާނީ ހުރިހާ މެޗަކުން މޮޅުވެގެން ފައިނަލަށް ދިޔަ އާބަންކޯއާއެވެ. ފައިނަލް މެޗު އޮންނާނީ މާދަމާރޭ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް