ads
ގްރީންގެ ކުޅުންތެރިން ޔޫވީ މެޗުގައި
ގްރީންގެ ފުރަތަމަ މޮޅު ޔޫވީ އަތުން
ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ގްރީން ސްޓްރީޓްސް އިން ސީޒަންގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ހުކުރު ދުވަހު ހަވީރު، ޔޫވީ އަތުން ގްރީން މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ. މި މެޗުގެ ކުރިން ކުޅުނު ދެ މެޗުންވެސް ގްރީންވީ ބައްޔެވެ. އެއީ މާޒިޔާ އަތުންނާ ސަސް އަތުންނެވެ. އަނެއްކޮޅުން ޔޫވީވަނީ ކުޅުނު ތިން މެޗުންވެސް ބަލިވެފައެވެ. އެއީ މިއަދު ކުޅުނު މެޗާއެކުއެވެ.

ހުކުރު ދުވަހު ހަވީރު ގްރީންގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޯނަރަކުން ލިބުނު ފުރުސަތުގައި ގްރީން އަށް ޖަހައިދިނީ އިބްރާހިމް ހާމިދެވެ. ގްރީންގެ ދެވަނަ ލަނޑު ދެވަނަ ހާފުގެ ކުރީކޮޅުގައި ޖަހައިދިނީވެސް ހާމިދު އެވެ. އަދި ގްރީންގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި އަބްދުﷲ އަނޫސް އެވެ. ޔޫވީ އިން މި މެޗުގައި ސުން ކަނޑުވާލަދިނީ  ގްރީންގެ މުހައްމަދު ހުސެއިން އެވެ.

ލީގުގައި މިރޭ ކުޅޭ މެޗަށް ފަހު ދެން ލީގު މެދު ކަނޑާލާނީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާށެވެ. ސާފަށް ތައްޔާރުވުމަށް އަންނަ ހަފްތާގައި ގައުމީ ޓީމު ޕްރެކްޓިސް ފަށާނެއެވެ. މިރޭ ލީގުގައި ކުޅޭނީ މާޒިޔާއާ ސަސްއެވެ. މިރޭގެ މެޗަށް ފަހު، ދެން ލީގު ފެށޭނީ ޖުލައި 14 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް