
އެ ގެއަކީ ނާމާން ގެއެއްކަމަށް ތުންތުން މަތިން ދެކެވޭ ވާހަކަތަކެއް އަބަދުވެސް އިވެއެވެ. ނަމަވެސް އެ ނާމާންގޭގެ ތެރެއިން އަޑުއިވޭކަން އަމިއްލަ ތަޖުރިބާއިން ހާމަވުމުން އެކަމުގެ ހަގީގަތް ބަލައިލީމެވެ.
ހުޅުމާލެ އާބާދުވިއިރު އެގޭގައި ދިރިއުޅެމުން ދިޔައީ މުއްސަނދި އާއިލާއެއް ކަމަށް ބުނެވެ އެވެ. އެ ގެއަށް މުސީބާތެއް ކުރިމަތިވީ އެމީހުންގެ އެންމެ ހަގު އަންހެން ދަރިފުޅު ކުއްލިއަކަށް ގެއްލުމާއެކުއެވެ. އެކަމަނާ ހޯދުމަށް ކެތްމަދުވެފައި ތިބި އާއިލާއިން އޭނާ ހޯދަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެމީހުންގެ މަސައްކަތުގެ ބޭކާރުކަން ސާބިތުވި އެވެ. ހިތްދަތިވެފައި އެންމެ ފަހުން އެމީހުން ހުޅުމާލެއާއި ދިވެހިރާއްޖެ ދޫކޮށް ދިޔައީ، އެ ގެ ފަޅަށް ބަހައްޓާފައެވެ.
އަހަރުތަކެއް ފާއިތުވެގެން ދިޔައިރު، ގޭތެރެ ބިރުވެރި އަދި ނާމާންކަން އަދިވެސް އެބަހުއްޓެވެ. ކުރިން ދިރުމެއް ހުރި ގޭގައި މިހާރު އުނދަގޫ ވައިބްރޭޝަންތަކެއް އެބަހުއްޓެވެ. އެތެރޭގައި ވިދާ އަލިތައް ފެނި، މީހަކު ނެތި ހުނުމުގެ އަޑުތަކެއް އިވި، ރޭގަނޑު އެތަނުގައި އުޅޭ ޒުވާން އަންހެން ކުއްޖެއްގެ ސިފަ ވެސް ފެނިފައިވާ ކަމަށް އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން ބުނެއެވެ.
----------
މިގޮތުން ޝައުގުވެރި ފުރާވަރުގެ އަންހެން ކުއްޖަކު އޭނާގެ ރަހުމަތްތެރިންނާއެކު އެ ގޭގެ ބިރު ވެރި ތަޖުރިބާ ވެސް ކުރިއެވެ. އެ ކުދިން ވަނީ ނުރައްކާތެރި ގޭތެރިން ބިރުވެރި ކަންތައްތަކަކާ އެރޭ ކުރިމަތިވިކަން ހިއްސާކޮށްފައެވެ.
އެމީހުން ގެއަށް ވަންނަމުން ދިޔައިރު ފިނި ވައިރޯޅިއެއް އެމީހުންނަށް މަރުހަބާ ކިޔާލުމުން ދޮރުތައް ނުބައި ގޮތަކަށް ހުޅުވިގެންދިޔައެވެ. އެމީހުންގެ ޓޯޗުތަކުގެ ދިއްލުން ފިޔަވައި އެތެރެ އޮތީ އަނދިރިކަމުންނެވެ. އެމީހުން އެޅި ކޮންމެ ފިޔަވަޅަކުން ހުސް ގޭގެ ތެރެއިން ކޮންމެވެސް އަޑެއް އިވެއެވެ. ވައިގެ ތެރޭގައި ފުރިފައިވާ އެއްޗެއް އުޅޭކަމުގެ އިހުސާސް ބޮޑުވެގެން ދިޔައެވެ.
ރޭގަނޑު ފާއިތުވަމުން ދިޔަ ވަރަކަށް އާދަޔާ ހިލާފު ހާދިސާތަކެއް ހިނގަމުން ދިޔައެވެ. ނުފެންނަ ކަންކޮޅުތަކުން ހީނލާ އަޑުތައް އިވެމުން ދިޔައެވެ. ގޭތެރޭގައި ހުރި ތަކެތި އަމިއްލަ ބާރުގައި ތަންތަނަށް ބަދަލުވާ މަންޒަރުވެސް ފެނުނެވެ. އެތަނަށް ވަތް ކުދިންގެ ހިތުގައި ބިރުވެރިކަމާއި އެއް މިންވަރަށް ޝައުގުވެރިކަން ވެސް ހުރުމުން އެ ގޭތެރޭގައި ވާގޮތެއް ބަލަން މަޑުކުރަން ނިންމިއެވެ.
ނަމަވެސް ކުއްލިއަކަށް ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ތޫލި އަޑަކުން ހަޅޭއްލަވައިގަތުމުން އެ ކުދިންގެ ތެރޭގައި ހިތް ހިމޭންކަން ފުނޑުފުނޑުވިއެވެ. ގްރޫޕްގެ ތެރެއަށް ބިރުވެރިކަން ވަދެގެން ދިޔައެވެ. އެމީހުން އަވަސްވެގަތީ ހަޅޭކުގެ އަޑު އެގެއިން އިވުނު ދިމާ ބެލުމަށެވެ. އެ ދިމާލުން އެމީހުންނަށް ފެނުނީ ގިނަ ދުވަސްވެފައި ހުރި ކޮޓަރިއެކެވެ. އޭގެ ތެރެއިން އެމީހުންނަށް ފެނުނީ މުސްކުޅި ޑައިރީއކެވެ. އޭގެ ސަފްހާތައް ގިނަ ދުވަސްވެގެން ރީނދޫވެ ވަނީ ފަޅަ ފަޅައިގެން ގޮސްފައެވެ.
ޑައިރީގެ ލިޔުންތަކުގެ ތެރެއިން އެމީހުން ވަނީ އެ ގެއިން ގެއްލުނު ކުއްޖާގެ ހިތާމަވެރި ވާހަކަ ހާމަވެފައެވެ. އެއީ ގޭގެ ފާރުތަކުގެ ތެރޭގައި ތާށިވެފައި އޮތް އޭނާގެ ވޭނާއި އެކަނިވެރިކަމުގެ ތަފްސީލެވެ. އަދިވެސް އޭނަގެ ރޫޙު އަދިވެސް އެގޭތެރޭގައި ތާށިވެފައިވާކަން އެ ޑައިރީން ލިޔެފައިވެއެވެ.
އެ ހަމަޖެހުމެއް ނެތް ރޫހަށް ތަސައްލީއެއް ގެނައުމަށް އަޒުމް ކަނޑައަޅައިގެން އެގެއަށް ވަތް ހިތްވަރުގަދަ ޒުވާނުންގެ ގުރޫޕުން އެކަން ހައްލު ކުރުމުގެ މަސައްކަތެއް ފެށިއެވެ. އެމީހުން ފޮރުވިފައިވާ ފިލާވަޅުތައް ހޯދައި، ގިނަ ދުވަސްތަކެއް ވަންދެން ގެއްލިފައިވާ ސިއްރުތައް ހޯދައި، މީގެ އެ ހުރިހާ އަހަރުތަކެއް ކުރިން ހިނގި ކަންތައްތަކުގެ ހަގީގަތް އެއްކޮށްލިއެވެ.
ބެލިބެލިމުން އެއީ ރޫހަކުން ވާކަމެއް ނޫނެވެ. ނުލަފާ ޝައިތޯނީ ޖިންނިއެއްގެ ސަބަބުން ވީކަމެެއްކަން އެނގުމުން، އެ ގެއަށް ރުގުޔާކޮށް ކިޔަވާ ފެން އާޅާ ހެދިއެވެ.
ރުގުޔާކުރުމުން ދުވަސްތަކެއް ވަންދެން އެގޭތެރެ ހަމައަކަށް އެޅުނެވެ.
އެކަމަކު މިއަދާ ހަމައަށް ވެސް ހުޅުމާލެއަށް ޒިޔާރަތްކުރާ މީހުން މިހާރު ގެސްޓު ހައުސް އަޅައިގެން ކުއްޔަށް ދޫކޮށްލާފައިވާ ގެ ކައިރީގައި ލުއިކޮށް ފިޔަވަޅު އަޅާއަޑު ކަނުލާ އަޑުއަހާ މީހަކަށް މެންދަމުގެ ހަމަހިމޭންކަމުގެ ތެރެއިން އިވޭނެއެވެ.
-ނިމުނީ-