ads
ހަމްޕު
ސަސް އަތުންވެސް މާޒިޔާއަށް ފަސޭހަ މޮޅެއް
ސުޕަ ޔުނައިޓެޑް ސްޕޯޓްސް – ސަސް އަތުން މާޒިޔާއިން ފަސޭހަކަމާއެކު ލީގުގައި މޮޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސަސް އަތުން މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ. މި ނަތީޖާއާއެކު މާޒިޔާއިންވަނީ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. 

ދެވަނައިގަ އޮތީ އީގަލްސްއެވެ. އީގަލްސްވެސް ތިން މެޗު ކުޅެފައިވާއިރު ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ ލިބިފައިވަނީ ހަތް ޕޮއިންޓެވެ. މާޒިޔާއިންވަނީ ތިން މެޗުންވެސް މޮޅުވެފައެވެ.

މާޒިޔާއަށް ސަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑުތައް ޖަހައިދިނީ ހަމްޕު، ހަންނަ އަދި ސެންޓޭއެވެ. ހަމްޕުގެ ލަނޑަކީ ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.

ސަސް – މާޒިޔާ މެޗާއެކު ދިވެހި ލީގުވަނީ ސާފަށް ތައްޔާރުވާން ގައުމީ ޓީމަށް ވަގުތު ދިނުމަށް މެދު ކަނޑާލާފައެވެ. ގައުމީ ޓީމުގެ ޕްރެކްޓިސް މާދަމާ ފަށަންވަނީ ކަނޑައަޅާފައެވެ. ލީގުގެ ކުޅުން ދެން ފެށޭނީ ސާފް ޗެމްޕިއަންޝިޕަށް ފަހު ޖުލައި މަހު މެދު ތެރޭގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް