ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމްގެ 9 ވަނަ ބެޗްގެ އޮފިސަރުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ދައުރުގައި ރާއްޖޭގެ ކުށުވެ ވެއްޓަށް ރަނަގަޅު ބަދަލެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް މިހާރުވެސް ކުރަމުން ގެންދާކަމަށެވެ.
ނަމަވެސް ކުށުގެ ވެއްޓަށް ހުށަހެޅެމުންދާ މީހުންގެ އަދަދު އިތުރުވަމުން ދާކަމަށާއި އެއީ ބަދަލުކުރަން ޖެހޭކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމަށް ބޭނުންވަނީ ތެދުވެރިކަމާ ސާބިތުކަމާއެކު މަސައްކަތް ކުރާނެ ބައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުށްކުރުމުގެ ސަބަބުން ޖަލަށް ގެންދެވޭ ރަނގަޅު ބައެއްގެ ގޮތުގައި މީހުން އަނބުރާ މުޖުތަމައުއަށް ނިކުތުމުގައި ޖަލު އޮފިސަރުންގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެއީ ގައުމީ ބޮޑު ޒިންމާއެއް ކަމަށެވެ. އަދި އެކަމާ ހިތްވަރާއެކު ކުރިމަތިލާން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.