ads
މަޑަވެއްޔާއި ހޯޑެއްދޫއާ ދެމެދު ގާއިމުކުރި ކޯޒްވޭ ބުރިކޮށްލާފައި--
ހޯޑެއްދޫ - މަޑަވެލި ކޯޒްވޭ މާދަމާއިން ފެށިގެން ބަންދު ކުރަނީ
ގދ. މަޑަވެއްޔާއި ހޯޑެއްދޫއާ ދެމެދު ހަދާފައިވާ ކޯޒްވޭ ބޭނުންކުރުން ހުއްޓުވައިފިއެވެ.
Advertisement

ހޯޑެއްދޫ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކޯޒްވޭ ބޭނުން ނުކުރެވޭނެ ކަމަށާއި، އެ ކޯޒްވޭ ރޫޅާލުމަށް ނިންމާފައިވާކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

ހޯޑެއްދޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ މާދަމާއިން ފެށިގެން ކޯޒްވޭ ބަންދު ކުރަން މިނިސްޓރީން އަންގާފައިވާ ކަމަށާއި އެހެން ނަމަވެސް އަދި ބަންދުނުކުރާ ކަމަށެވެ. 

"މީހުންގެ ޝަކުވާ އެބަހުރި ވަރަށް ބޮޑަށް. ވަޒީފާ އަށް ދާ މީހުންނާއި މިރަށުގެ ފްލެޓްތަކުގައި ދިރި އުޅޭ މީހުންނަށޤ ވެސް ވަރަށް ބޮޑު ދައްޗަކަށް ވާނެ މިހެން ވީމަ" - ޝިޔާމް

މަޑަވެލި ހޯޑެއްދޫ ކޯޒްވޭ އަކީ 2018 އިން ފެށިގެން ބޭނުން ކުރަމުން އަންނަ ކޯޒްވޭ އެކެވެ. އެ މަގު ބަންދު ކުރުމުން ހޯޑެއްދޫގެ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް އާއިލާތަކަށްވެސް އުނދަގޫތައް ކުރިމަތިވާނެ ކަމަށް ހޯޑެއްދޫ ކައުންސިލުން ބުނެއެވެ. 

ހޯޑެއްދޫގައި ހުރި 10 ފްލެޓްގެ ތެރެއިންނުވަ ފްލެޓެއްގެ ވެރި ފަރާތްތަކަކީ މަޑަވެލީ މީހުންނެވެ. އޭގެ ތެރެއިން ތިން ފްލެޓެއްގައި މަޑަވެލީ އާއިލާތައް ދިރި އުޅެއެވެ.

ގދ. މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ މަސައްކަތް އެމްޓީސީސީން ކުރަމުން ދަނިކޮށް މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތް ކުރުމަށްޓަކައި ހަދާފައިވާ ޓެމްޕަރަރީ ބެޑް ވަނީ ގިރައިގެން ގޮސްފައެވެ. އެހެންވެ، މަސައްކަތް ކުރިއަށް ގެންދިއުމަށް އިތުރަށް ވެލި ބޭނުންވާކަމަށް އެމްޓީސީސީން ވަނީ މިނިސްޓްރީއަށް އަންގާފައެވެ.

ކުރިން ހަދާފައިވާ ކޯޒުވޭ ރޫޅާލުމަށް މިނިސްޓްރީން ނިންމާފައިވަނީ މި މަޝްރޫޢުގެ އެކި ބޭނުމަށް ބޭނުންވާ ވެލި ހޯދުމަށް ރާވާފައިވަނީ ކުރިން ހަދާފައިވާ ކޯޒްވޭ އިން ކަމަ\ށްވާތީއެވެ.

އަދި ގދ. މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ރަށުގައި މިހާރު ހަދާފައިވާ ކޯޒްވޭ ރޫޅާލުމަށް ޕްލޭނިން މިނިސްޓްރީން މިހާރުވަނީ ނިންމާފައެވެ. އަދި  މާދަމާއިން ފެށިގެން ކޯޒްވޭ މަޝްރޫޢުގެ މަސައްކަތް ނިމެންދެން، މަޑަވެލިން ހޯނޑެއްދޫއަށް ދަތުރުކުރުމަށް ބޭނުންކުރާ މަގު/ކޯޒްވޭ ބޭނުން ނުކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް