ads
އަހްމަދިއްޔާ އެތްލީޓުން
އެތްލެޓިކްސްގެ އެއްވަނަ އަހްމަދިއްޔާއަށް
އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ އެއްވަނަ ސްކޫލަކަށް އަހްމަދިއްޔާ އިންޓަނޭޝަނަލް ހޮވިއްޖެއެވެ.

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލުގެ މަގާމުން އަހްމަދިއްޔާއިން ހޯދީ ދެ ކެޓަގަރީއަކުން އެއް ވަނަ ހޯދައިގެންނެވެ. އަހްމަދިއްޔާއިންވަނީ އެތްލެޓީކްސް ޗެމްޕިއަންޝިޕްގެ 20 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިގެ އެއް ވަނަ ހޯދީ އަހުމަދިއްޔާ އިންނެވެ.

އެތްލެޓީކްސް ޗެމްޕިއަންޝިޕްގެ 17 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން އެންމެ މޮޅު ސްކޫލަކަށް ހޮވުނީ މަޖީދިއްޔާއެވެ. އެ އުމުރުފުރާއިން އެއްވަނަ އަންހެން ސްކޫލަކަށް ހޮވުނީ ޝަރަފުއްދީން ސްކޫލެވެ.

15 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު ސްކޫލަކީ ކަލާފާނު ސްކޫލެވެ. ފިރިހެން އެންމެ މޮޅު ސްކޫލަކީ އިސްކަންދަރު ސްކޫލެވެ. މިއީ  އެތްލެޓިކްސް މުބާރާތުގައި އެންމެ ވާދަވެރިކޮށް ފެނުނު އެއް އުމުރުފުރާއެވެ.

އިންޑިވިޖުއަލް ވަނަތަކުގެ ތެރެއިން، 20 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓަކީ ގައުމީ ޔުނިވާސިޓީގެ އިބްރާހިމް އާދަމް އެވެ. އޭނާ ވަނީ މި އުމުރުފުރާގެ ފިރިހެން 500 މީޓަރު، 800 މީޓަރު އަދި 1500 މީޓަރު ދުވުމުން އެއް ވަނަ ހޯދާފަ އެވެ. މި އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ދާންދޫ ސްކޫލުގެ އާމިނަތު ލަޔާނާ މުހައްމަދު އެވެ. ލަޔާނާ ވަނީ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން އެއް ވަނަ ހޯދައިފަ އެވެ. ސަތޭކަ މީޓަރާއި 400 މީޓަރު ދުވުން ލަޔާނާ ނިންމާލީ މި އިވެންޓުގެ ސްކޫލު ރެކޯޑަކާ އެކުގަ އެވެ.

މި ފަހަރުގެ އެތްލެޓިކްސް މުބާރާތުގައި ޖުމްލަ އެކު، 47 ސްކޫލުން 1500 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް