ads
އީސާ ސުލައިމާން އިނގިރޭސި ޖޯޒީގައި
ޔޫރޯ ކާމިޔާބުކުރި އިގިރޭސި ޓީމުގެ ކުޅުންތެރިއަކު ޕާކިސްތާނު ގައުމީ ޓީމަށް
އިގިރޭސިވިލާތުގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާއެކު 2017 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި، ޕާކިސްތާނު ދަރިކޮޅުގެ އީސާ ސުލައިމާނު ޕާކިސްތާނުގެ ގައުމީ ޓީމަށް ކުޅެން ނިންމައިފިއެވެ.

އިގިރޭސިވިލާތުގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާއެކު 2017 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި، ޕާކިސްތާނު ދަރިކޮޅުގެ އީސާ ސުލައިމާނު ޕާކިސްތާނުގެ ގައުމީ ޓީމަށް ކުޅެން ނިންމައި، ފީފާގައި އޭނާގެ ރަށްވެހިކަމުގެ ރަޖިސްޓްރީ ބަދަލުކޮށްދޭން އެދުނު އެދުން ފީފާއިން މިހާރު އެޕްރޫވްކޮށްފައިވާ ކަމަށް ބީބީސީންވަނީ ރިޕޯޓްކޮށްފައެވެ. 

އުމުރުން 25 އަހަރުގެ އީސާ ސުލައިމާން، ޕާކިސްތާނުގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅޭނީ އަންނަ މަހު އޮންނަ ސާފް ޗެމްޕިއަންޝިޕުގައެވެ. ސާފް ޗެމްޕިއަންޝިޕުގައި ޕާކިސްތާނު އޮތީ އިންޑިޔާއާ، ކުވައިތު އަދި ނޭޕާލާއެކު ގްރޫޕް އޭގައެވެ. ޕާކިސްތާނުގެ ފުރަތަމަ މެޗުގައި ނުކުންނާނީ އިންޑިޔާއާ ދެކޮޅަށެވެ. 

އީސާ ސުލައިމާނަކީ އިނގިރޭސިވިލާތުގެ 16 އަހަރުން ދަށުގެ ޓީމުން ފެށިގެން 20 އަހަރުން ދަށުގެ ޓީމާ ހަމައަށް ހުރިހާ އުމުރުފުރާއެއްގެ ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާވަނީ 17 އަހަރުން ދަށުގެ އިގިރޭސި ގައުމީ ޓީމުގެ ކެޕްޓަންކަންކޮށް، އޭޝިއާ ދަރިކޮޅުން އިގިރޭސި ގައުމީ ޓީމެއްގެ ކެޕްޓަންކަން ކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ. 

ސެންޓަބެކަށް ކުޅޭ މި ކުޅުންތެރިޔާ އެސްޓަންވިލާގެ ސީނިއާ ޓީމުގައިވެސް ހިމެނިފައިވެއެވެ. އޭނާ އެންމެ ފަހުން ކުޅެފައިވަނީ ޕޯޗުގަލްގެ ދެވަނަ ޑިވިޝަނުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް