ads
ޅ. ނައިފަރު
ޅ. އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރަކު ސަސްޕެންޑްކޮށްފި
އާންމުންނަށް އުނދަގޫކޮށް ފުރައްސާރަ ކުރާ މައްސަލައެއް ފެންމަތިވެ ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރަކު ސަސްޕެންޑް ކޮށްފި އެވެ.
Advertisement

އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބުމުން ޅ. އަތޮޅު ހޮސްޕިޓަލުން ވަކިކޮށްފައިވަނީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އަންހެނުންގެ ހާއްސަ ޑޮކްޓަރެކެވެ. ސީއެންއެންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޑޮކްޓަރަކީ މިސްރަތް ނިސްބަތްވާ މުހައްމަދު ޔަހްޔާ ކިޔާ މީހެކެވެ. 

މި ޑޮކްޓަރަކީ ހޮސްޕިޓަލު ތެރޭގައި އަދި ރަށު ތެރޭގައިވެސް މީހުންނަށް އުނދަގޫވާ ގޮތަށް އަމަލު ކުރަމުން އަންނަ މީހެއް ކަމަށާއި މީހުންނަށް ފުރައްސާރަ ކުރާ މީހެއް ކަމަށްވެސް އެ ރަށުގައި ދިރިއުޅޭ ކިޔުންތެރިއެއް ސީއެންއެމްއަށް ކިޔައިދިނެވެ. 

"ވަރަށް ރުންކުރުކޮށް ވާހަކަ ދެއްކުމާ ބުލީ ކުރުމާ މީހުންނަށް އުނދަގޫވާ ގޮތަށް ކަންކަން ކުރާ މީހެއް އެއީ. މީގެ ކުރިންވެސް އޭނާގެ މައްސަލަތަކެއް ފެންމަތިވި. ޕޮލިހަށްވެސް މައްސަލަ ޖެއްސި." - ކިޔުންތެރިއެއް

ޔަހްޔާ ސަސްޕެންޑް ކުރީ ނަރުހުންނަށް އެއްޗެހި ކިޔުމާ ބަލި މީހުންގެ ހިތުގަ ޖެހޭ ފަދަ އެއްޗެހި ބުނުން ފަދަ ޝަކުވާތައް ހޮސްޕިޓަލަށް ލިބުމުންނެވެ. 

ރަށުތެރޭގައި މި ޑޮކްޓަރުގެ ފަރާތުން ފެނިފައިވާ ބައެއް ކަންކަން ބައެއް މީހުން ވަނީ ވީޑިއޯކޮށް ސޯޝަލް މީޑިއާއަށްވެސް ދޫކޮށްލާފަ އެވެ. 

ޅ. އަތޮޅު ހޮސްޕިޓަލުގައި އަންހެނުންގެ ހާއްސަ ދެ ޑޮކްޓަރުން ތިބޭ އިރު އަނެއް ޑޮކްޓަރު ހުރީ ޗުއްޓީގައި ކަމަށް މައުލޫމާތު ލިބެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް