ads
ޕްރިޔަންކާއަށް އޭނާގެ ފިރިމީހާ ކުޑަ ނަގައިދީގެން
ޕްރިންސެސްއެގް އިހުސާސް ކުރެވިއްޖެ: ޕްރިޔަންކާ
މިއަދު މީސް މީޑިއާ ހާވާލުމުން އެންމެ ފުރަތަމަވެސް ފެނުނީ ބޮލީވުޑުގެ ތަރި ޕްރިޔަންކާ ޗޯޕްރާއަށް އޭނާގެ ފިރިމީހާ ކުޑައެއް ނަގައިގެން ހުރި މަންޒަރެވެ. މި މަންޒަރާއެކު އެކިމީހުންގެ ފާޑުކިއުން ޕްރިޔަންކާއަށް އަމާޒުވިއެވެ.

ކާންސް ފިލްމް ފެސްޓިވަލްގައި ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޮނާސް ފެނިގެންދިޔައެވެ. ޕްރިޔަންކާ ލައިގެން ހުރީ ހުދުކުލައިގެ ރީތި ބްރައިޑަލް ގައުނެއް ކަމަށާއި، ޖޯނަސް ލައިގެން ހުރީ ކަޅު ކުލައިގެ ޓޮކްސީޑޯއެކެވެ. ރެޑް ކާޕެޓް މަތީގައި ފޮޓޯ ނަގަން ޕޯޒް ކުރަމުން ދިޔައިރު އެ ދެމަފިރިން ތިބީ ވަރަށް އުފަލުންނެވެ. 

އެމީހުން ރެޑް ކާޕެޓުން ފައިބައިގެން ދިޔައިރު ވާރޭ ވެހެން ފެށިއެވެ. ނިކް ޖޯނަސް އަވަސް އަވަހަށް ޕްރިޔަންކާ ޗޯޕްރާގެ ކުރިމައްޗަށް އަރައި ކުޑައެއް ހުޅުވާލިއެވެ.  ޗޯޕްރާ އިސްއުފުލާ ޖޯނަސްއަށް ބަލާލަމުން ހިނިތުންވެލިއެވެ. އެ ދެމަފިރިން ރެޑް ކާޕެޓުން ފައިބައިގެން ދިޔައީ އަތަށް އަތުލައިގެން، ވާރޭގެ ތެރެއިން ނިކް ޖޯނަސް ޕްރިޔަންކާއަށް ކުޑަ ނަގައިދީގެންނެވެ. 

ސޯޝަލް މީޑިއާގައި މި ފޮޓޯ ވައިރަލް ވެގެން ދިޔައެވެ. ގިނަ ބަޔަކު ޖޯނަސްއަށް ތައުރީފުކުރިއެވެ. އެންމެ ފަހުން ޕްރިޔަންކާ ޗޯޕްރާ ވެސް ވަނީ ސޯޝަލް މީޑިއާއަށް ނުކުމެ ނިކް ޖޯނަސްގެ ޝުކުރު އަދާކޮށްފަ އެވެ. އޭނާ ލިޔެފައިވަނީ "އަބަދު އަހަރެންނަށް ޕްރިންސެސްއެއްގެ އިހުސާސް ކުރެވޭތީ ޝުކުރިއްޔާ" މިހެނެވެ.

ކާންސްގައި މި ދެމަފިރިން ހޭދަކުރާ އުފާވެރި ވަގުތުކޮޅަކީ އެކަކު އަނެކަކަށް ކުރާ ލޯތްބާއި އިހުތިރާމް ހަނދާންކޮށްދިން ވަގުތުކޮޅަކަށް މިވަނީ ވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް