
ސިޓީ ޗެމްޕިއަންކަން ހޯދުން
މެންޗެސްޓަ ސިޓީން ޕްރިމިއަ ލީގު ކާމިޔާބުކޮށްފި
ސްޕޯޓްސް ޓީމް
21 މޭ 2023 - 00:44:17
މެންޗެސްޓަ ސިޓީން ޕްރިމިއަ ލީގު ކާމިޔާބުކޮށްފިއެވެ.
މެންޗެސްޓަ ސިޓީން ޕްރިމިއަ ލީގު ވިދިވިދިގެން ތިންވަނަ ފަހަރަށް ލީގު ކާމިޔާބު ކުރީ ހޮނިހިރު ދުވަހުގެ ރޭ، އާސެނަލް ބަލިވުމުންނެވެ.
އާސެނަލް ހޮނިިހިރު ދުވަހުގެ ރޭ ބަލިވީ ނޮޓެންހަމް ފޮރެސްޓް އަތުންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އިން ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން 0-1 އިން ބަލިވުމުން ލީގު ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ އަށް ކަށަވަރުވީ އެ ޓީމު ކުޅިބަލަން ތިއްބައެވެ.
ލީގުގައި އާސެނަލް އަށް ބާކީ އޮތީ އެންމެ މެޗެކެވެ. އެ ޓީމަށް 81 ޕޮއިންޓް ލިބިފައިވާއިރު ފަހު މެޗުން މޮޅުވެގެން އެންމެ ގިނަވެގެން ވެސް އެޓީމަށް ލިބޭނީ 84 ޕޮއިންޓެވެ. ތިން މެޗު ބާކީ އޮތް ސިޓީ ވަނީ މިހާރު ވެސް 85 ޕޮއިންޓް ހޯދައިފަ އެވެ.
ލީގުގައި ސިޓީ މާދަމާ ރޭ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް