ads
ހައްސަނާ އެން ހަސީނާ
ގުޅިފައިވާ ދެކުދިން ވަކިކުރަން 14 ގަޑިއިރު
ނައިޖީރިއާއަށް އުފަން ހައްސަނާ އަދި ހަސީނާގެ ސާޖަރީ ހެދީ ސައުދީ ރިޔާޒްގެ ކިންގް އަބްދުލްއަޒީޒް މެޑިކެލް ސިޓީގައި ހުންނަ ކިންގް އަބްދުﷲ ސްޕެޝިއަލް ހޮސްޕިޓަލް ފޯ ޗިލްޑްރަން ގައެވެ.

ހައްސަނާ އަދި ހަސީނާއަކީ އުފަންވި އިރުވެސް ހަށިގަނޑުގެ މެދުން ގުޅިފައިވާ ދެ ކުދިންނެވެ. އެހެން ކަމުން ދ ކުދިންގެ ހަށިގަޑުގެ ގިނަ ގުނަވަންތަކެއްވެސް ވަނީ ގުޅިފައެވެ. މި ދެކުދިން އުފަންވެފައިވަނީ 2020 ވަނަ އަހަރު އެވެ.

މި ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާލީ ޑޮކްޓަރުންގެ ޓީމުން 14 ގަޑިއިރުވަންދެން ކުރި މަސައްކަތުންނެވެ.

މިއީ މިޓީމުން ކާމިޔާބުކަމާއެކު ނިންމާލި މިފަދަ 56 ވަނަ ސާޖަރީއެވެ.

ޑޮކްޓަރުންނާ ނަރުހުންނާ ޓެކްނިކަލް ސްޓާފުންނާއި ކޮންސަލްޓަންޓުން ހިމެނޭގޮތަށް މި ޓީމްގައި 35 މެމްބަރުން ހިމެނެއެވެ.

ފާއިތުވި 33 އަހަރުގެ ތެރޭގައި ސައުދީގެ މެޑިކަލް ޓީމްތަކުން ވަނީ މިފަދަ 130 ސާޖަރީ ހަދާފައެވެ. އެއީ 23 ގައުމަކަށް ނިސްބަތްވަ ކުދިންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް