ކަރެކްޝަންސް އޮފިސަރުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އުމްރާނީ ތަރައްގީގެގޮތުން ޖަލުތަކަށް ގެނެވޭ ބަދަލުތަކުގެ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ ފަސް އަހަރު 232 ޖާގަ ޖަލުތަކަށް އިތުރު ކުރެވިފައިވާއިރު އަދިވެސް ޖަލުތަކުގެ ޖާގަ އިތުރު ކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
އެގޮތުން އިތުރު 180 ޖާގަ ޖަލުތަކުގައި އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ހިނގަމުން ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ޖަލުތަކުގެ ހިދުމަތަށް އިންސާނީ ވަސީލަތްތައްވެސް ވަރަށް ބޮޑަށް އިތުރު ކުރެވިފައިވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ކުށުވެ ވެއްޓަށް ރަނަގަޅު ބަދަލެއް މި ފަސް އަހަރު ގެނެވިފައިވީ ނަމަވެސް ކުށުގެ ވެއްޓަށް ހުށަހެޅެމުންދާ މީހުންގެ އަދަދު އިތުރުވަމުން ދާކަމަށާއި އެއީ ބަދަލުކުރަން ޖެހޭކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމަށް ބޭނުންވަނީ ތެދުވެރިކަމާ ސާބިތުކަމާއެކު މަސައްކަތް ކުރާނެ ބައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުށްކުރުމުގެ ސަބަބުން ޖަލަށް ގެންދެވޭ ރަނގަޅު ބައެއްގެ ގޮތުގައި މީހުން އަނބުރާ މުޖުތަމައުއަށް ނިކުތުމުގައި ޖަލު އޮފިސަރުންގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެއީ ގައުމީ ބޮޑު ޒިންމާއެއް ކަމަށެވެ. އަދި އެކަމާ ހިތްވަރާއެކު ކުރިމަތިލާން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.