ads
މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ފުރަތަމަ ދައުރުގައި ސަން ސިޔާމް މަޖިލީހަށް ވަޑައިގެންނެވީ 4 ދުވަހު
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ހާޒިރީ އެންމެ ދަށްކޮށް އުޅެނީ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކަން ހާޒިރީ ރިކޯޑުތަކުން ދައްކައިފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮންމެ މަހަކު އާންމު ކުރާ ހާޒިރީ ރިޕޯޓުތަކަށް ބަލާއިރު ފެބްރުއަރީ މަހު ސިޔާމް މަޖިލީހަށް ހާޒިރުވެ ވަޑައިގެންނެވީ ތިން ދުވަހު އެވެ. ފެބްރުއަރީ މަހު މަޖިލީހުގައި ޖުމްލަ 11 ޖަލްސާވަނީ ބާއްވާފަ އެވެ. 

މާޗް މަހުގެ ހާޒިރީ ރިކޯޑުތަކުން ދައްކާ ގޮތުގައި އެ މަހު މަޖިލީހުގައި ބޭއްވި 13 ޖަލްސާގެ ތެރެއިން ސިޔާމް ވަޑައިގެންނެވީ އެންމެ ޖަލްސާ އަކަށެވެ. އޭޕްރީލް މަހުގެ އެންމެ ޖަލްސާއަކަށްވެސް ސިޔާމް ވަޑައިގަންނަވާފައެއް ނުވެ އެވެ. 

މެންބަރު ސިޔާމް މިދިޔަ ދައުރުގައި އެއްވެސް ސަލާމެއް އަދި ޗުއްޓީއެއްވެސް ނަންގަވާފައި ނުވާއިރު ރަސްމީ އެއްވެސް ބައްދަލުވުމަކަށް އަދި ދަތުރުފުޅަކަށް ވަޑައިގެންފައި ނުވެ އެވެ. 

ސިޔާމްގެ ހާޒިރީ ރިކޯޑް މިހާ ދަށްކޮށް އުޅޭއިރު މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހާޒިރުވެ ވަޑައިގެންނެވީ 14 ޖަލްސާއަށެވެ. 

މިއަހަރުގެ ފުރަތަމަ ދައުރުގެ ހާޒިރީ ރިކޯޑުތަކަށް ބަލާއިރު ސަލާމެއް ނުބުނެ އަދި ޗުއްޓީއެއް ނުނަންގަވާ މަޖިލީހުގެ ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވީ އެންމެ ފަސް މެންބަރުންނެވެ. 

ހާޒިރީ ރިކޯޑް އެންމެ ރަނގަޅު ފަސް ބޭފުޅުންނަކީ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ އިތުރުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ. 

މި ފަސް ބޭފުޅުންގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުންނާއި އަމިއްލަ މެންބަރަކާއި ޕީޕީއެމްގެ މެންބަރެއްގެ އިތުރުން ޕީއެންސީގެ މެންބަރެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް