
އަންހެން ވޮލީ ޓީމް
އަންހެން ވޮލީ ޓީމު ނޭޕާލަށް
ސްޕޯޓްސް ޓީމް
21 މޭ 2023 - 10:49:59
ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ)ގެ ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2023ގައި ބައިވެރިވުމަށް ދިވެހި އަންހެން ވޮލީ ޓީމު ނޭޕާލަށް ފުރައިފިއެވެ.
މި މުބާރާތް ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ފަށާނީ މާދަމާއެވެ. ރާއްޖެއާއެކު އަށް ގައުމަކުން މި މުބާރާތުގައި ބައިވެރިވެއެވެ. ރާއްޖެ އޮތީ ޕޫލް ބީގައެވެ.
ރާއްޖެއާއެކު އެ ޕޫލްގައި އޮތީ އުޒްބަކިސްތާން، ކަޒަކިސްތާން އަދި ސްރީލަންކާއެވެ. ޕޫލް އޭގައި އޮތީ ކިރްގިސްތާން، ބަންގްލަދޭޝް، އިންޑިއާ އަދި މުބާރާތް ކުރިޔަށް ދާ ގައުމުކަމަށްވާ ނޭޕާލްއެވެ.
މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ނުކުންނާނީ ކަޒަކިސްތާނާ ދެކޮޅަށެވެ.
ގައުމީ ޓީމުން ނޭޕާލަށް ފުރީ، ރާއްޖޭގައި ގިނަ ފަރިތަކުރުންތަކެއް ފުރިހަމަ ކުރުމަށްފަހުއެވެ. ފޯނޭޝަންސް ކަޕަށްފަހު، ގަައުމީ އަންހެން ވޮލީ ޓީމަށް ކޯޗަކަށް ގެނައީ ތައިލެންޑުގެ ތަޖުރިބާކާރު ކޯޗު ވިޗީޕޮން ފޯންޗާޓްޔިންޗީޕްއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް