ads
ދިއްފުށީގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގައި ސްޓެލްކޯއިން ބައިވެރިވުން - ފޮޓޯ:ސްޓެލްކޯ
ދިއްފުށީގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގައި ސްޓެލްކޯއިން ބައިވެރިވެއްޖެ
ކ. ދިއްފުށީގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބައިވެެރިވެއްޖެއެވެ.

ދިއްފުށީގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ރަށު ކައުންސިލާއި އިންޖީނުގެ އާއި ސްކޫލުގެ އިތުރުން ހެލްތް ސެންޓަރު ގުޅިގެން މިދިޔަ ހުކުރު ދުވަހު އިވެންޓެއް ބާއްވާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެ އިވެންޓުގައި ހަދިޔާތަކާ އެކު، ތަފާތު ގޭމްތައް ކުޅުމުގެ ފުރުސަތު އެ ކުދިންނަށް ހޯދައިދެވިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

your imageތުލުސްދޫގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގައި ސްޓެލްކޯއިން ބައިވެރިވުން - ފޮޓޯ:ސްޓެލްކޯ

ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި ކ. ތުލުސްދޫގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގައި ސްޓެލްކޯ ތުލުސްދޫ އިންޖީނުގޭގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމުގައެވެ. އެގޮތުން އެ ކުންފުނީގެ އިންޖީނުގޭގެ މުވައްޒަފުން ވަނީ ކުޑަކުދިން ޝައުގުވެރިވާ ފަދަ މެސްކޮޓްތަކާއި ތަފާތު ހަދިޔާތަކާ އެކު، ޕިކަޕް ބުރެއް ބާއްވައިދީ އެ ކުދިންނަށް އުފާވެރި ވަގުތުތަކެއް ހޯދައިދީފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

your imageގުޅީގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގައި ސްޓެލްކޯއިން ބައިވެރިވުން - ފޮޓޯ:ސްޓެލްކޯ

ތުލުސްދޫގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގައި ސްޓެލްކޯއިން ބައިވެރިވެފައިވާއިރު، އެ ކުންފުނިން ބުނެފައިވަނީ ކ. ގުޅީ އިންޖީނުގޭގެ މުވައްޒަފުން ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އެކި އިދާރާތައް ގުޅިގެން އެ ރަށުގައި ބޭއްވި ހަރަކާތުގައި ބައިވެރިވެ، ކުޑަކުދިން ޝައުގުވެރިވާ ފަދަ އުފެއްދުންތަކާއި ގޭމްތަކާ އެކު އުފާވެރި ވަގުތުތަކެއް އެ ކުދިންނަށް ހޯދައިދީ މައުލޫމާތުތަކެއް ފޯރުކޮށްދީފައި ކަމަށެވެ.

your imageދަނގެތީގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގައި ސްޓެލްކޯއިން ބައިވެރިވުން - ފޮޓޯ:ސްޓެލްކޯ

ތުލުސްދޫ އާއި ގުޅީގެ އިތުރުން އދ. ދަނގެތީގައި ކުޑަކުދިންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ އިވެންޓުގައި އެ ރަށު އިންޖީނުގޭގެ މުވައްޒަފުން ވަނީ ކުޑަކުދިންނަށް ހަދިޔާ ބެހުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

your imageމަތިވެރީގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގައި ސްޓެލްކޯއިން ބައިވެރިވުން - ފޮޓޯ:ސްޓެލްކޯ

ސްޓެލްކޯއިން ބުނި ގޮތުގައި އއ. މަތިވެރީގެ އިދާރާތައް ގުޅިގެން ބޭއްވި 'ކޮއްކޮމެންގެ ހަވީރު' ގައި މަތިވެރި އިންޖީނުގޭގެ މުވައްޒަފުންގެ ފަރާތުން ހަ ސްޓޯލެއް ތައްޔާރުކޮށް، ކުޑަކުދިންނަށް ކަރަންޓާ ގުޅޭ މައުލޫމާތު ދިނުމަށް ދަސްކުރަމާގެ ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަމުގައެވެ.

your imageއުކުޅަހުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގައި ސްޓެލްކޯއިން ބައިވެރިވުން - ފޮޓޯ:ސްޓެލްކޯ

އއ. އުކުޅަހުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި އުކުޅަހު އިންޖީނުގޭގެ މުވައްޒަފުން ބައިވެރިވެ، ކުޑަކުދިން ޝައުގުވެރިވާ ފަދަ އުފެއްދުންތަކާއި ގޭމްތަކާ އެކު އުފާވެރި ވަގުތުތަކެއް އެ ކުދިންނަށް ހޯދައިދީ މައުލޫމާތުތަކެއް ފޯރުކޮށްދީފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

your imageފެލިދޫ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގައި ސްޓެލްކޯއިން ބައިވެރިވުން - ފޮޓޯ:ސްޓެލްކޯ

ސްޓެލްކޯއިން ބުނީ ވ. ފެލިދޫ އިންޖީނުގޭގެ މުވައްޒަފުން ވަނީ އެ ރަށުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވެ، ކުޑަކުދިން ޝައުގުވެރިވާ ފަދަ އުފެއްދުންތަކާއި ގޭމްތަކާ އެކު އުފާވެރި ވަގުތުތަކެއް އެ ކުދިންނަށް ހޯދައިދީ މައުލޫމާތުތަކެއް ފޯރުކޮށްދީފައި ކަމަށެވެ.

your imageފެންފުށީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގައި ސްޓެލްކޯއިން ބައިވެރިވުން - ފޮޓޯ:ސްޓެލްކޯ

އދ. ފެންފުށީ އިންޖީނުގޭގެ މުވައްޒަފުން އެ ރަށުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވެ، ކުޑަކުދިން ޝައުގުވެރިވާ ފަދަ އުފެއްދުންތަކާއި ގޭމްތަކާ އެކު އުފާވެރި ވަގުތުތަކެއް އެ ކުދިންނަށް ހޯދައިދީ މައުލޫމާތުތަކެއް ފޯރުކޮށްދީފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

your imageހަންޏާމީދޫ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގައި ސްޓެލްކޯއިން ބައިވެރިވުން - ފޮޓޯ:ސްޓެލްކޯ

ސްޓެލްކޯއިން ބުނި ގޮތުގައި އދ. ހަންޏާމީދޫ ސްކޫލުގެ އެދުމުގެ މަތިން ހަންޏާމީދޫ އިންޖީނުގޭގެ މުވައްޒަފުން ވަނީ އެ ރަށުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވެ، ކުޑަކުދިން ޝައުގުވެރިވާ ފަދަ އުފެއްދުންތަކާ އެކު އުފާވެރި ވަގުތުތަކެއް އެ ކުދިންނަށް ހޯދައިދީ މައުލޫމާތުތަކެއް ފޯރުކޮށްދީފައި ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް