ސަރުކާރުގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އިންސާނިޔަތާއި ދެކޮޅަށް ކުރެވޭ ކަންކަމަކީ ބޮޑެތި ކުށްތަކުގެ ގޮތުގައި އެހެން ގައުމުތަކުން ބަލާކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ ދުނިޔޭގައި ކޮރޯނާވައިރަސް ފެތުރެމުން އަންނައިރު ރާއްޖޭގައި ވެސް ކޮރޯނާވައިރަސް ފެތުރު ގޮތް ކަމަށް ރަސްމީ އިދާރާތަކުން ބުނާ ކަންކަން ތަހުގީގު ކުރަންޖެހޭ ކަމަށެވެ.
ގަސްތުގައި ބައްޔެއް ފެތުރޭގޮތަށް ނުވަތަ ބަޔެއްގެ އިހުމާލު ބޮޑުގޮތަކަށް އެކަން ކޮށްފައި އޮތްކަމަށް ވާނަމަ އެއީ ޖިނާއީ ބޮޑުކުށެއްގެ ގޮތުގައި އެހެން ގައުމުތަކުގައި ކަނޑައަޅާފައި އޮންނަކަމަށް ހަސަން ވިދާޅުވި އެވެ. ހަސަން ވިދާޅުވީ، އެހެން ގައުމުތަކުގައި އުޅުނު ވައިރަހެއް ރާއްޖެއަށް އައުމުން، އެބަލި ޖެހުނު މީހަކާއި މެދު އަމަލުކުރި ގޮތަކީ ތަހުގީގު ކުރެވެންޖެހޭ ކަމެއްކަމަށެވެ.
މީގެ އިތުރުން ހަސަން ވިދާޅުވީ ކުރެއްދޫ ރިސޯޓްގައި ހިނގާދިޔަ ކަންތައްތަކަކީ ތަހުގީގު ކުރެވެންޖެހޭ ކަމެއް ކަމަށެވެ. އަދި އެމައްސަލަ ތަހުގީގު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ފުލުހުންނަށް އެންގި އެންގެމަށް ހަސަން ލަތީފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަދި ހަސަން ލަތީފް ވަނީ އިންސާނިޔަތާއި ދެކޮޅަށް ހިންގޭ ކަންކަން ބޮޑު ކުށެއްގެ ގޮތުގައި ހިމެނުމަށް ގޮވާލާފައެވެ.