ads
ރާއްޖެއާއި ޗައިނާގެ ޔުނާން ޕްރޮވިންސްއާއި އެކު ވެވުނު އެއްބަސްވުމުގައި ސޮއި ކުރަނީ. -- ފޮޓޯ: ފޮރިން މިނިސްޓްރީ
ޗައިނާގެ ޔުނާން ޕްރޮވިންސާއެކު ރާއްޖޭން ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ޗައިނާގެ ޔުނާން ޕްރޮވިންސްގެ އެހީތެރިކަން ރާއްޖެއަށް ލިބޭ ދެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއި ކުރައްވައިފި އެވެ.
Advertisement

މި ދެ އެއްބަސްވުމާއެކު ޔުނާން ޕްރޮވިންސްގެ އެހީތެރިންކަން ދެ ދާއިރާއަކުން ރާއްޖެއަށް ލިބިގެން ދާނެ އެވެ. މި އެއްބަސްވުންތަކުގައި ޗައިނާގެ ޔުނާން ޕްރޮވިންސްގެ ފަރާތުން ސޮއި ކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެން އުޅުއްވާ އެ ޕްރޮވިންސްގެ ގަވަރުނަރު ވަންގް ޔުބޯ އެވެ. 

ޔުނާން ޕްރޮވިންސުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ދެ ދާއިރާ އަކީ ކުޅިވަރުގެ ދާއިރާއާއި ތައުލީމުގެ ދާއިރާ އެވެ. 

ކުޅިވަރު ދާއިރާއިން ދެ ގައުމުގެ މެދުގައި ސޮއި ކުރެވުނު އެއްބަސްވުމަކީ ޔުނާން ޕްރޮވިންސްގެ ސްޕޯޓްސް އެޑްމިނިސްޓްރޭޝަނާއި ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި ދެމެދު ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދެވެ. 

ދެ ގައުމުގެ ދެމެދުގައި ދެން ސޮއި ކުރެވުނީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ އޯޕަން ޔުނިވާސިޓީ އާއި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ދެމެދު ވެވުނު އެއްބަސްވުމެއްގަ އެވެ. މިއީ މަތީ ތައުލީމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަ ޑރ. މުހައްމަދު ޝަރީފް އެވެ. 

ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވަންގް ޔުބޯގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ.

ދެވަނައަށް ސޮއިކުރެއްވި އެއްބަސްވުމަކީ ޗައިނާގެ ޔުނާން ޕްރިވިންސްގެ އޯޕަން ޔުނިވާސިޓީ އާއި، ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާ ދެމެދު ސޮއިކުރެއްވި އެއްބަސްވުމެވެ. މިއީ މަތީ ތަޢުލީމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެކެވެ. މި އެއްބްސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.މުޙައްމަދު ޝަރީފެވެ.

ޗައިނާގެ ޔުނާނސް ޕްރޮވިންސްގެ ގަވަރުނަރުގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާ ވެސް ބައްދަލުކުރައްވައިފައެވެ. މި ބައްދަލު ކުރެއްވުންތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެވިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް